ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ ބެލުމުގެ ދަށުގައި ހުރި 125 ކިލޯގެ ތެރެއިން 103 ކިލޯގެ މަސްތުވާތަކެތި މިއަދު ނައްތާލައިފި އެވެ.
މި މަސްތުވާތަކެތި ނައްތާލާފައިވަނީ މިއަދުގެ މެންދުރު ވަގުތެއްގައި ދޫނިދޫގަ އެވެ. ޑޮރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލާފައިވަނީ އާންމު ރައްޔިތުންގެ އިތުރުން މީޑިޔާގެ ހާޒިރުގަ އެވެ.
މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރ އަލީ އިހްސާން އެވެ.
މިވަގުތު އެ ޑިޕާޓްމެންޓުގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތީގެ ތެރެއިން 22 ކިލޯގެ ތަކެތި ހުއްދަ ނުލިބުމުގެ މިވަގުތު ސަބަބުން ނައްތާނުލާ ބަހައްޓާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސްގެ އަލީ ސުޖާއު ވިދާޅުވި އެވެ. ކޮމިޝަނާ ވާހަކަފުޅުގައި ވިދާޅުވީ މިއަދު މި ނައްތާލަނީ ޕީޖީއިން މިވަގުތު ނައްތާލުމަށް ހުއްދަދެއްވާފައިވާ މަސްތުވާތަކެތި އެކަނި ކަމަށެވެ.
މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި:
މަސްތުވާތަކެތި ނައްތާލުމުގެ ޕްރޮސެސްގެ ތެރެއިން ނައްތާލަން ބޭނުންވާ އެއްޗެއް ހިޔާރު ކުރުމުން އެއެއްޗެއް ވަގުތުން ޓެސްޓު ކުރެވޭނެ ކަމަށް ވެސް ކޮމިޝަނާގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. މިގޮތަށް ކަންތައް ކުރުމުގެ ބޭނުމެއްކަމަށް ކޮމިޝަނާ ވިދާޅުވީ ޓެސްޓުގެ ނަތީޖާއިން ނައްތާލާ އެއްޗަކާއި ދިމާވޭތޯ ޔަގީން ކޮށްދިނުމެވެ.
103 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ