ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ޖޭއެސްސީއަށް އިންތިހާބުކޮށްފި
ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އިންތިހާބުކުރާ ފަނޑިޔާރެއްގެ ގޮތުގައި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު މިއަދު އިންތިހާބު ކޮށްފި އެވެ.އޭނާ ޖޭއެސްސީގެ މެންބަރުކަމަށް އިންތިޚާބުކޮށްފައިވަނީ 91 ފަނޑިޔާރުންގެ ތާއީދާ އެކު، ދަށު ކޯޓުތަކުގެ ތެރެއިން އެ ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރުގެ ގޮތުގަ އެވެ.ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް މެންބަރަކު އިންތިޚާބު ކުރުމަށް މިއަދު ކުރިޔަށް ގެންދިޔަ އިންތިޚާބުގައި 166 ފަނޑިޔާރުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެން ދިޔައެވެ. މިއަދު ހެނދުނު 10އިން މެންދުރު 12އަށް ކުރިޔަށް ގެންދިޔަ މި އިންތިޚާބުގައި، ތިން ފަނޑިޔާރަކު ފިޔަވައި، އެހެން ހުރިހާ ފަނޑިޔާރުން ވޯޓު ދެއްވި އެވެ.މި އިންތިހާބުގައި ވާދަކުރައްވާފައިވަނީ ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޒު އިބްރާހީމް އިޙްސާން، އެށެވެލި/ ސ. މަރަދޫ، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޒު އާއިޝަތު އަޒުފާ ޢަބްދުލްގަފޫރު، މއ.ޕެންޒީވިލާ/ މާލެ، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދު، ލަންސިމޫގެ/ ގދ. ފިޔޯރީ، ފެމިލީ ކޯޓުގެ ޤާޟީ އަލްއުސްތާޒު އަބްދުﷲ މުޙައްމަދު، ބަހާރުގެ/ ރ. ހުޅުދުއްފާރު އަދި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒު ރަފީއުއްދީން އަޙްމަދު، ސްނޯޑްރޮޕް/ ސ. ހިތަދޫ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ