ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ފަލަސްޠީނު ރައްޔިތުން 2.1 މިލިއަން ރުފިޔާގެ އެހީއެއް!

ފަލަސްޠީނު ރައްޔިތުން އެހީވުމަށް ދިވެހި ޤައުމީ ދިފާއީ ބާރުގެ ފަރާތުން 2.1 މިލިއަން ރުފިޔާގެ އެހީއެއް ފޯރުކޮށްދީފިއެވެ.
ޤައުމީ ދިފާއީ ބާރުގެ ފަރާތުން 2.1 މިލިއަން ރުފިޔާ އެހީ ފޯރުކޮށްދީފައިވަނީ "ފަލަސްތީނާއެކު ދިވެހީން" ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓެލެތޯންގެ ތެރެއިންނެވެ.
ޤައުމީ ދިފާއީ ބާރުގެ ފަރާތުން ހަދިޔާކުރެއްވި 2،169،826.32 ރުފިޔާގެ ފައިސާގެ އެހީ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ ޣައްޞާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އިބްރާހީމް ޙިލްމީ އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނަރަލް އަހުމަދު ގިޔާސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ