މުޖުތަމަޢުއެއްގައި އެންމެން ޝާމިލުވާ އެއްމެ މުހިންމު ނިޒާމަކީ ސިއްޙީ ނިޒާމު: އަބްދުﷲ ނާޒިމް އިބްރާހިމް

މުޖުތަމަޢުއެއްގައި އެންމެން ޝާމިލުވާ އެއްމެ މުހިންމު ނިޒާމަކީ ސިއްޙީ ނިޒާމުކަމަށް ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ވުޒާރާތަކުން ތަންފީޒުކުރަމުންދާ ކަންކަމާ ގުޅޭ މައުލޫމާތު ގެނެސްދެއްވުމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ކުރިއަށްގެންދަވާ ”ތަރުޖަަމާނާއެކު“ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ސިއްޙީ ދާއިރާއަކީ އެންމެންގެ ދިރިއުޅުމާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ދާއިރާއެއްކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ. އެންމެ ތުއްތު ކުއްޖާއިން ފެށިގެންގޮސް އެންމެ ދޮށީ މީހާއާއި ހަމައަށް އަދި އެންމެ ފަޤީރު މީހާއިން ފެށިގެންގޮސް އެންމެ މުއަސަނދި މީހާ އަދި އެންމެ ކުޅެދުންތެރިކަން ހުންނަމީހާއިން ފެށިގެންގޮސް ނުކުޅެދުންތެރިކަން ހުންނަމީހާ އާއި ހަމައަށްވެސް ސިއްޙީ ދާއިރާ މުހިންމު ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން ކޮންމެ ސަރުކާރަކަށްވެސް އެޤައުމެއްގެެ ސިއްޙީ ކަންކަމަކީ އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައި އޮންނަ އެއް ދާއިރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސިއްޙީ ދާއިރާގައި ދުނިޔޭގެ އެހެން ޤައުމު ތަކެކޭ އެއްފަދައިން ދިވެހިރާއްޖެވެސް އިސްތިސްނާނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ހަމަ އެހެންމެ ދިވެހިރާއްޖެ އުފެދިފައި އޮންނަ ގޮތުން ސިއްޙީ ނިޒާމަކީ ވަށާޖެހޭ ވަަރަށްގުޅުްތެރިކަން ބޮޑު އެއް ހެލްތް ފެސިލިޓީއާއި އަނެއް ފެސިލިޓީ ވަރަށް ބޮޑަށް ގުޅި ލާމެހިފައި އޮންނަ ނިޒާމަކުން މި ޙިދުމަތް ނުދެވޭނަމަ ރައްޔިތުންނަށް އޭގެ ސަބަބުން ވަރަށޤގިނަ ތަކުލީފު ތަކެއް އުފުލަންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ ރައްޔިތުންގެ އެންމެބޮޑު ކަންބޮޑުވުމަކަށް ވެފައި އޮންނަނީ ސިޢްހީ ނިޒާމުއާއި ގުޅޭ ކަންކަމް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އަދި އެކަންތައް ޙައްލުކޮށްދެއްވުމަށް ގިނަގުނަ މަސަތްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރައްވާ މިސަރުކާރުން އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ފުޅާކުރުމަކީ ރައީސް ގެންގުޅުއްވާ މުހިންމު ސިޔާސަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން އަތޮޅުތެރޭގެ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ދެވޭ ޙިދުމަތްތަކަކީ ފެންވަރު ރަނގަޅު ރައްޔިތުން އިތުބާރުކުރާފަދަ ޙިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެއްދެވުމަކީ މިސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސިއްހީ ދާއިރާއަކީ ރައީސްލުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން އަދި އެމަނިކުފާނުގެ މެނިސްފެސްޓޯގައިވެސް ވަރަށްގިނަ ވަޢުދުތަކެއް ހިމެނިގެން ރައްޔިތުންނަށް ވަރަށްގިނަ ޙިދުމަތްތަކެއް ފޯރުކޮށް ދިނުމަށްޓަކައި ހާއްސަ އިސްކަމެއް ދެއްވާ ދާއިރާއެއްކަން ފާހަގަކުރެވެއެވެ.
މިއާއިއެކު މިސަރުކާރުގެ ފުރަތަމަ 2 އަހަރުގެ ތެރޭގައި ސިއްޙީ ދާއިރާއަށްވަނީ ގިނަގުނަ މަސަތްކަތްތަކެއް ކުރައްވާފައެވެ.
2026 ވަނަ އަހަރު ސިއްޙީ ދާއިރާއަށް އިންޤިލާބީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ރައީސްވަނީ ނިންމަވާފައިކަން ފާހަގަކުރެވެއެވެ. މިގޮތުން މުޅި ސިއްޙީ ދާއިރާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ތަފާތު އެހީތަކާއިއެކުގައި 8.8 ބިލިއަން ރުފިޔާގެ ބަޖަޓެއް ކަނޑައަޅުއްވާފައިވާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ