އަކްޝޭ އާއި އަޖޭ، މި ދެއްކީ އެހެން މީހުންނަށް ރިވެތި ނަމޫނާ މިސާލެއް

ބޮލީވުޑްގެ މަގުބޫލު އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރު އާއި އަޖޭ ދޭވްގަންގެ ކުރިއަށް އޮތް ދެ ފިލްމު އެއް ދުވަސްވަރެއްގައި ރިލީޒްކުރާގޮތަށް އޮތްނަމަވެސް ދެ އެކްޓަރުންގެތެރެއިން އެކަކު ފަހަތަށްޖެހި ދެއްކީ ވަރަށް ރީތި ލާމަސީލު ނަމޫނާއެއް ކަމަށް ފިލްމު ކްރިޓިކް ތަރަން އާދަޝް ބުނެފިއެވެ. މީގެކުރިން ރޭވިފައި އޮތް ގޮތުން އަޖޭ މުހިއްމު ރޯލަކުން ފެންނާނެ ފިލްމު "ދަމާލް 4" ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ އަކްޝޭގެ ކުރިއަށް އޮތް ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް" ރިލީޒްކުރާ ތާރީޚާއި ދާދި ކައިރި ތާރީޚެއްގައެވެ. އަކްޝޭގެ ފިލްމު މި އަންނަ ޖޫން މަހުގެ 26ގައި ރިލީޒްކުރަން ތާވަލުކުރިއިރު އަޖޭގެ ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހަށެވެ. މި ތާރީޚުގައި އަޖޭގެ ފިލްމު ރިލީޒްކޮށްފިނަމަ އޭގެ ސަބަބުން ދެ ތަރިންގެ ފިލްމަށް ވެސް ބޮޑެތި ގެއްލުންތަކެއް ވުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށް ނިންމައި އަޖޭ ވަނީ "ދަމާލް 4" ރިލީޒްކުރާ ތާރީޚު ފަސްކޮށްފައެވެ. އަކްޝޭ ކުމާރު އަދި އަޖޭ ދޭވްގަން ޑައިރެކްޓަރު ރޯހިތު ޝެޓީއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ މި ނިންމުން ނިންމީ ދެ އެކްޓަރުންގެ މެދުގައި ވެސް އެކަމާގުޅޭގޮތުން މަޝްވަރާތަކެއް ކުރުމަށްފަހުއެވެ. އަކްޝޭގެ ނިންމުމަށް އިހުތިރާމްކޮށް އަޖޭގެ ހެއްވާ މަޖާ ފިލްމު "ދަމާލް 4" ރިލީޒްކުރުން ފަސްކުރަން ނިންމި ނިންމުމަކީ ފިލްމު އިންޑަސްޓްރީގެ ފަންނާނުންގެ މެދުގައި އޮންނަ ވާދަވެރިކަމަށްވުރެ ބޮޑަށް އެއްބައިވަންތަކަން ދައްކުވައިދިން ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ކޮމެޑީ ފްރެންޗައިސް "ދަމާލް"ގެ ފަހު ފިލްމުގެ ކާސްޓުގައި ހިމެނެނީ، އަޖޭ، ރިތޭޝް ދޭޝްމުކް، އަރުޝަދު ވާރްސީ، ސަންޖޭ މިޝްރާ، ޖާވިދު ޖެފްރީ، އީޝާ ގުޕްތާ، ސަންޖީދާ ޝޭހް، އަންޖަލީ އާނަންދު އަދި ރަވީ ކިޝަންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ