އައްޑޫ ސިޓީ ކައުންސިލުން ޑރ މުއިއްޒުގެ ޒައާމަތަށް ފުރިހަމަ އެއްބާރުލުން ދޭނެ: މޭޔަރ ބަރުލަމާނީއަށް އެމްޑީޕީން ނޫނެކޭ ބުނެފި މަރަދޫ މެމްބަރު ޝަރީފަށް ހަމަލާދިން މައްސަލައިގާ 4 ދިވެހިން ހައްޔަރުކޮށްފި ދަ ޑިމޮކްރެޓްސް އާ އެކު އެއްވެސް ކަމެއްގައި އެއްބަސްވުމެ

މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރަން މި ސަރުކާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ނިންމައިފިއެވެ.
މީހާރު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މޭޔަރު ކަމުގެ މަގާމު ހުސްވާނެއެވެ.
މިއަދު މަހްލޫފް އެކްސްގައި ވިދާޅުވެފައިވަނީ 17 ނޮވެމްބަރު ވަނަ ދުވަހު ހުސްވާ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އެހެންކަމުން މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދިނުމަށް މަހްލޫފު ވަނީ އެދިވަޑައިގެންފައެވެ.
މާލޭ މޭޔަރުކަމަށް ވާދަކުރުމުގެ ޝައުގުވެރިކަން މަހްލޫފު ފާޅުކުރައްވާފައިވާ އިރު އަދި މިހާތަނަށް އިތުރު އެއްވެސް ފަރާތަކުން އެކަމުގެ ޝައުގުވެރިކަންފާޅުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ