ބަޖެޓް ކޮމިޓީއަށް މުއިއްޒުގެ ފަރާތްޕުޅުން މާލީ ދާއިރާގެ ތަޖުރިބާކާރުންތަކެއް

ކުރިއަށް އޮތް 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން މަސައްކަތް ކުރުމަށް އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް ހާމަކޮށްފި އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ އެ ކޮމިޓީގައި މިހާރު ޖުމްލަ އަށް ބޭފުޅުން ތިއްބަވާ ކަމަށެވެ. ކުރިން އެ ކޮމިޓީގައި ތިއްބެވީ ހަތް ބޭފުޅުންނެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން
މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުތ، ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫންކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރުކުރީގެ ގަވަރުނަރު އަހުމަދު ނަސީރުކުރީގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަން މުހައްމަދު ލުއޭޒްޕެންޝަން އޮފީހުގެ ކުރީގެ ބޯޑް މެންބަރު އަބްދުލްހަލީމް އަބްދުއްލަތީފް
ފިރްޒުލް ވިދާޅުވި ގޮތުގައި މި ކޮމިޓީ ޗެއާ ކުރައްވަނީ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މިހާރު ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށް ފިރުޒުލް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ބަޖެޓު އެކުލަވާލުމުގައި އިންތިހާބީ ރައީސަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެއްވާފައިވާ ކަމަށްވެސް ފިރުޒުލް ވަނީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ