އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ ގޮންޖެހުންތަކާއެކު ވެސް، ޓިމް ކުކް ޗައިނާއަށް
އެޕަލް ކުންފުނީގެ 50 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް، އެ ކުންފުނީގެ ސީއީއޯ ޓިމް ކުކް ޗައިނާގެ ޗެންގްޑޫއަށް ޒިޔާރަތް ކުރައްވައިފިއެވެ. މިއީ އެމެރިކާ އާއި ޗައިނާގެ ގުޅުން ގޯސްވެ، ވިޔަފާރީގެ ގޮންޖެހުންތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ޗައިނާގެ މާކެޓަކީ އެޕަލްއަށް ކިހާ މުހިންމު ތަނެއްކަން ހާމަކޮށްދޭ ޒިޔާރަތެކެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވެފައިވަނީ އީރާން ހަނގުރާމައާ ގުޅިގެންނާއި، ޗައިނާގެ ވިޔަފާރީގެ އުސޫލުތަކާ ގުޅޭގޮތުން އެމެރިކާއިން އަލަށް ފެށި ތަހުގީގުތަކާ ގުޅިގެންނެވެ. ނަމަވެސް، މި ހުރިހާ ގޮންޖެހުންތަކާއެކުވެސް އެޕަލްގެ އެންމެ ބޮޑު އެއް މާކެޓުގެ ގޮތުގައި އަދިވެސް ދެމިއޮތީ ޗައިނާގެ މާކެޓެވެ. https://sun.mv/213964 ޓިމް ކުކްގެ މި ދަތުރުގެ ދުވަސްކޮޅެއް ކުރިން، އެޕަލް އިން ވަނީ ޗައިނާގެ ރެގިއުލޭޓަރުންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު އެ ގައުމުގެ އެޕް ސްޓޯރުން ނަގާ ކޮމިޝަން 30 އިންސައްތައިން 25 އިންސައްތައަށް ކުޑަކޮށްފައެވެ. މީގެ އިތުރުން ކުދި ޑިވެލޮޕަރުންގެ އަތުން ނަގާ ފީ ވެސް ވަނީ 12 އިންސައްތައަށް ދަށްކޮށްފައެވެ. އެޕަލްއިން މިފަދަ ލުއިތަކެއް ދިން ނަމަވެސް، ޗައިނާގެ ސަރުކާރުން ބާރުއަޅަމުން ދަނީ އެޕަލްގެ އީކޯސިސްޓަމް މިއަށްވުރެ ބޮޑަށް ހުޅުވާލައި، އެހެން ފަރާތްތަކުގެ ޕޭމަންޓް ސިސްޓަމްތައް ބޭނުންކުރުމުގެ ފުރުސަތު ދިނުމަށެވެ. މިކަމާ ގުޅިގެން ޗައިނާގެ މާކެޓް ރެގިއުލޭޓަރުން ދަނީ އެޕަލްގެ ފީތަކާއި އުސޫލުތައް ތަހުގީގު ކުރަމުންނެވެ. ޗައިނާގެ ސްމާޓްފޯން މާކެޓް މުޅި ޖުމްލަކޮށް ހަތަރު އިންސައްތަ ދަށަށް ދިޔަ ނަމަވެސް، އައިފޯން 17 އަށް އޮތް ބޮޑު ތަރުހީބާއެކު އެޕަލްގެ ވިޔަފާރި ވަނީ 23 އިންސައްތަ ކުރިއަރާފައެވެ. މި ކުރިއެރުމާއެކު، އެޕަލްގެ ސީއޯއޯ ސަބީހް ޚާން ވެސް ވަނީ ޗައިނާގެ ފޮކްސްކޮން ފަދަ ބޮޑެތި ފެކްޓްރީތަކަށް ޒިޔާރަތްކޮށް، އުފެއްދުންތެރިކަމުގެ މަސައްކަތްތައް ބެއްލެވުމަށް ޒިޔާރަތްކުރައްވާފައެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާއަށް ބަލާއިރު، އެޕަލް އިން އަމިއްލަ މޮޑެލްއެއް އަދި ނެރެފައި ނުވި ނަމަވެސް، އެޕް ސްޓޯރު މެދުވެރިކޮށް ވިއްކާ ޗެޓްޖީޕީޓީ ފަދަ އެޕްތަކުން ނަގާ ފީގެ ގޮތުގައި މިއަހަރު އެއް ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މިއީ އޭއައި ދާއިރާގައި އެޕަލް އިން ހޯދަމުންދާ ބޮޑު ކާމިޔާބީއެކެވެ. އެޕަލްގެ އޭއައި ކުރިމަގު އިތުރުވެ ވަރުގަދަ ކުރުމުގެ ގޮތުން، ކުރިން ގޫގުލް އާއި މައިކްރޯސޮފްޓްގެ އޭއައި ދާއިރާގައި އިސްކޮށް މަސައްކަތްކުރި އަމަރު ސުބްރަމަންޔާ ވަނީ އެޕަލްއާ ދާދި ފަހުން ގުޅިފައެވެ. މިއީ އެޕަލްގެ އޭއައި ޓީމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މާހިރުން ފާހަގަކުރެއެވެ. އެޕަލްގެ 50 ވަނަ އަހަރީ ދުވަހަށް ވާނީ، އަންނަ އޭޕްރިލް މަހުގެ އެއް ވަނަ ދުވަހެވެ. އެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް އެ ކުންފުނިން ވަނީ މި މަހު ބާއްވަން ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ