ދަރިންނަށް ދެ އަހަރު ވަންދެން މުވައްޒަފުންނަށް ހުސްވަގުތު އިތުރުކުރަން ފާސްކޮށްފި

ދަރިންނަށް ދެ އަހަރު ފުރެންދެން މުވައްޒަފުންނަށް ލިބޭ ހުސްވަގުތު އިތުރު ކުރަން ވަޒީފާ އާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި މި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.
ވަޒީފާ އާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން އަންހެން މުވައްޒަފުންގެ ދަރިންނަށް އެއް އަހަރު ފުރެންދެން ދުވާލަކު ދެ ފަހަރަށް 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ލިބޭނެ އެވެ.
ޝަމީޒް ހުށަހެޅުއްވީ އުމުރުން ދެ އަހަރު ވަންދެން ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭންޖެހޭ ގޮތަށް ބަދަލު ކުރުމަށެވެ.
އެމްޑީޕީގެ ފަރާތުން ވަނީ ހުސް ވަގުތުކޮޅު 45 މިނެޓަށް އިތުރު ކުރުމަށް ބިލަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ އިސްލާހެއް ފާހެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ