ޕީއެންސީގެ އެސްޖީ މަޤާމަށް މޫސާ ފަތުހީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މޫސާ ފަތުހީ އާދަމް އައްޔަން ކޮށްފިއެވެ.
ޕީއެންސީގެ އެސްޖީގެ މަޤާމަށް މޫސާ ފަތުހީ އައްޔަނު ކުރީ ކުރިން އެ މަޤާމުގައި ހުންނެވި މުއާޒް ހަލީމް ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ވިދާޅުވީ މަޤާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ހާސިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެދުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
މީގެ އިތުރުން ޕާޓީގެ އެސްޖީގެ މަޤާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ އިސްތިއުފާ ދެއްވީކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ