އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރެގިއުލޭޓުކުރަން ބޭނުންވާ ގާނޫނު އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ތެރެއަށް ދާއިރު އޭއައިއަކީ ބަލައިގަންނަ އެއްޗަކަށް ވާންޖެހޭ ކަމަށެވެ.
ތަފްސީލް - "އޭއައި އެމްބްރޭސް ކުރާއިރު [ބަލައިގަންނައިރު] އޭއައިއަކީ ގާނޫނީ ނިޒާމެއްގެ ތެރެއަށް ވަދެގެންދާ، ރެގިއުލޭޓު ކުރެވޭ ނޫނީ އެއާ ގުޅޭ ކަންކަން ބަޔާން ކުރެވިފައިވާ ކަމަކަށް ވާންޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދަޅުވީ އޭއައިއާ ބެހޭ ބިލެއް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ގުޅުން ހުރި - އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ، އަސްލެއް ނެތް ތަސްވީރުތަކާއި ވީޑިއޯތައް ބޭނުންކޮށްގެން ވެސް މީހުންގެ އަބުރަށް ގެއްލުންވާ ފަދަ ތަކެތި އުފެއްދުމުގެ މައްސަލަތައް ހުށަހަޅާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އޭއައި ރެގިއުލޭޓު ކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ