މިއަދަކީ ވީއައިއޭއަށް އެންމެ ބާރުބޮޑު އެއް ދުވަސް

ވީއައިއޭގެ ޓާމިނަލްތަކުގައި މަސައްކަތްކުރާ މީހުންނަށް އިއްޔެ އެމްއޭސީއެލްއިން ފޮނުވި މެސެޖްގައި އެދުނީ މިއަދަކީ އެއާޕޯޓަށް ވަރަށް ބާރު ބޮޑުވާނެ ދުވަހެއް ކަމަށާއި އެހެންވެ ތޮއްޖެހުން ކުޑަކުރަން އެންމެން ވެސް ރަނގަޅަށް ހަރަކާތްތެރިވުމަށެވެ.ދެން ހިއްސާކުރީ މިއަދު އަންނާނެ ފަސިންޖަރުންގެ ލަފާކުރެވޭ އަދަދެެވެ. އޭގައި އޮތް ގޮތުން އާ ޓާމިނަލަށް މިއަދު 10،500 ފަސިންޖަރުން އަންނާނެ އެވެ. އަދި ޓާމިނަލް ދޭކަށް (ބާ ޓާމިނަލް)އަށް 600 ފަސިންޖަރުން އަންނާނެ ކަަމަށް ލަފާކުރި އެވެ. އެހެންކަމުން މިއަދު ރާއްޖޭގެ މައި އެއާޕޯޓަށް 11،000 ފަސިންޖަރުން އަންނާނެ އެވެ.ގިނަ އަދަދެއްގެ ފަތުރުވެރިންނަށް ވީއައިއޭއިން ޚިދުމަތްދޭ ދުވަހަކަށް މިއަދު ވާއިރު، ދަތުރުވެރިން ކުރިއާލާ އެއާޕޯޓަށް ގޮސް، ފުރިހަމަ ކުރަންޖެހޭ އިންތިޒާމުތައް ފުރިހަމަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށިފައިވާއިރު، މިހާރު ވީއައިއޭގެ އޭޕްރަންތައް އެކި އެއާލައިންތަކުގެ ބޯޓުތަކާއެކު އޮތީ ފުރިފައެވެ. އަދި ޕްރައިވެޓް ޖެޓުތައް ވެސް ވެސް ޕާކުކޮށްފައި އެބަހުއްޓެވެ.މިދިޔަ އަހަރުގެ ވެސް ޑިސެންބަރު ފަހުކޮޅަކީ ވީއައިއޭއަށް ވަރަށް ބާރުބޮޑުވި ދުވަސްވަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ