ސައިބާ ކްރައިމްތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އޮމަދޫ ސްކޫލް ބެލެނިވެރިންނަށް މައުލޫމާތުދީފި

އިންޓަނެޓް މެދުވެރިކޮށް ކުދިންނަށް އަމާޒުކޮށް ހިންގާ އެކިކަހަލަ ކުށްތަކުން ކުދިން ރައްކާތެރިކުރުމަށް އޮމަދޫ ސްކޫލް ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ސެޝަނުގައި، ކުދިން އިންޓަނެޓު ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެންމެ އާންމުކޮށް ކުދިން ބޭނުންކުރާ ފޭސްބުކް، ވައިބަރ އަދި ސްނެޕްޗެޓް އިން ކުދިންކުރާ ކަންކަން ބެލެނިވެރިން ގާތުން ބެލުމަށް ނަސޭހަތްތެރިވެފައިވެއެވެ.
އަދި ކުދިންނަށް ދީފައި އޮން ފޯނު ނުވަތަ ޓެބްލެޓް ފަދަ ތަކެއްޗަކީ ބެލެނިވެރިންނަށް އެ ތަކެތީގެ ފުރިހަމަ ކޮންޓްރޯލް ލިބޭނެ ތަކެތިކަމާއި އެ ކުދިންގެ އުމުރާ ނުގުޅޭ އެޕްލިކޭޝަންތަކަށް ނުވަދެވޭނެގޮތް ހެދުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ގޫގަލްއިން ކުދިން ވަންނަ ސައިޓްތަކާއި ސާޗްކުރާ އެއްޗެހި ބެލެނިވެރިން ބަލައި މޮނިޓަރކުރުމާއި ފޯނު ނުވަތަ ޓެބްލެޓް ފަދަ ތަކެތި ކުދިންނަށް އަބަދު ނުދީ އެތަކެތި ބޭނުންކުރުމަށް ވަކިވަގުތުތަކެއް ކަނޑައެޅުމަށް ނަސޭހަތްތެރިވެފައިވެއެވެ.
އޭގެ އިތުރުން، އިންޓަނެޓުގެ ޒަރީއާއިން ކުދިން ކުށްތަކަށް ހުށަހެޅެނީ ކިހިނެއްކަމާއި، އެންމެ ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ނަމޫނާ ބެލެނިވެރިއަކަށް ވުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި ބެލެނިވެރިއެއްގެ ދައުރަކީ ކޮބައިކަމާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ކިނބިދޫ ޕޮލިސް ސްޓޭޝަނުން މި މަހު 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި އޮމަދޫ ސްކޫލުގެ ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވިއެވެ
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ