ރޯދައަށް ހުރެ ހަނދާން ނެތިގެން އެއްޗެއް ކެވުނަސް، ބޮވުނަސް ރޯދައެއް ނުގެއްލޭނެ! އޮތީ ރޯދައަށް ހުރެ ރޯދަ ފުރިހަމަކުރުން!

ރޯދައަށް ހުއްޓައި ހަނދާން ނެތިގެން އެއްޗެއް ކެވުނު ނަމަވެސް އަދި ބޮވުނު ނަމަވެސް ރޯދައެއް ނުގެއްލޭނެއެވެ. އޮތީ ހަމަ ރޯދައަށް ހުރުމެވެ. ހިފައިގެންހުރި ރޯދައާއިގެން ކުރިއަށް ދިއުމެވެ. 
ތިމާ އެކަމުގައި ފަރުވާކުޑަކޮށްނުލައި ހުއްޓައި ހަނދާން ނެތިއްޖެނަމަ އެކަމެއްވާނީ ﷲ ތަޢާލާ މެދުވެރިކުރެއްވެވި ކަމަކަށެވެ. 
އަބޫ ހުރައިރަތުގެފާނުގެ އަރިއަހުން ރިވާވެގެންވެއެވެ. 
Narrated Abu Huraira: 
The Prophet (ﷺ) said, "If somebody eats something forgetfully while he is fasting, then he should complete his fast, for Allah has made him eat and drink." 
(ޞަޙީޙް ބުޚާރީ: 6669) 
ވމާ ރޯދައަށް ހުއްޓައި ހަނދާން ނެތިގެން ކެވުނު ނަމަވެސް، ބޮވުނު ނަމަވެސް ރޯދަ ދޫކޮށްލުމެއް ނެތެވެ. ބޭނުންކުރެވުނު މިންވަރު ވެގެންދާނީ ﷲ ތަޢާލާ އެމީހަކަށް ދެއްވެވި އެއްޗަކަށެވެ. 
މިއީ ރޯދަމަހު މީހުން ވަރަށް ގިނައިން ސުވާލުކުރާ ކަމަކަށްވާތީ ކަން އޮތްގޮތް ބުނެލައިދިނީއެވެ. ހަނދާންނެތިގެން ކެވުނު މީހާގެ ރޯދަ ގެއްލޭނީ އެކަން ކުރެވުމުން ރޯދަ ގެއްލުނީކަމަށް ބަލައި ރޯދަ ދޫކޮށްލުމުންނެވެ. އިތުރަށް ކައިބޮއި ހެދުމުންނެވެ. 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ