ޑްރަގު މައްސަލާގައި ހައްޔަރުކުރި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރާއްޖެއަށް ވައިގެ މަގުން ގާތްގަނޑަކަށް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލާގައި ހައްޔަރު ކޮށްފައިވާ އާމިނަތު ރޫނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރެފި އެވެ. 
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ އެ މައްސަލައިގައި ކ. ތުލުސްދޫ ބިޖިލީއުފާ، ރޫނާ 29، ގެ އިތުރުން ގ. މުތީގެއާގެ އަލްޔާ ޝަރްސާ ނަސީރު، 25 ހައްޔަރުކުރީ މިދިޔަ އޭޕްރީލް މަހުގަ އެވެ. 
ރޫނާގެ ބަންދު އެކި ފަހަރު މަތިން އިތުރުކުރަމުން އައިސް އިއްޔެ މެންދުރެއްހާއިރު ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ. 
މީގެ ކުރިން ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް ޑްރަގު އެތެރެކުރުމުގައި އިސްކޮށް އުޅުނީ ވެސް ރޫނާ އެވެ. އެ މައްސަލައިގައި ދެން ހިމެނޭ މީހާ ރާއްޖޭން ބޭރަށް ދަތުރުކުރީ ވެސް ރޫނާގެ އިރުޝާދާ އެއްގޮތަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. 
ކޯޓުން ކުރިން ނެރެފައިވާ ބަންދު އަމުރެއްގައިވާ ގޮތުން ރޫނާގެ ގެއިން ފެނިފައިވާ ލަގެޖުން ފެނުނު ތަކެއްޗާއި ކޮންޓްރޯލް ޑެލިވަރީ ކުރިއަށް ގެންދިޔަ ފޮށީގައި ހުރި ތަކެތި އެއްގޮތް ކަމަށް ފުލުހުން ބުނެ އެވެ. 
The most trusted news source in the Maldives
ފުލުހުން ބުނެފައިވާ ގޮތުގައި ހާދިސާގައި ފެނިފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.820 ކިލޯ ގްރާމް ހުއްޓެވެ. ދިފާއުގައި ރޫނާގެ ފަރާތުން އެދުނީ ފުލުހުންގެ ބޮޑީ ކެމްގެ ރެކޯޑިން ހޯދުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ