ސިޔާސީ ބޮޑުން ބަލިކޮށް ލަންކާގެ އިންތިހާބު ކާމިޔާބުކުރެއްވީ އަނޫރާ

ސްރީ ލަންކާ އިންތިހާބުގެ ވަގުތީ ނަތީޖާގައި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަނޫރާ ކުމާރާ ޑިސަނަޔަކެ ބޮޑު ލީޑެއް ހޯއްދަވައިފި އެވެ.އިއްޔެ ބޭއްވި ލަންކާގެ އިންތިހާބަކީ 2022 ވަނަ އަހަރު އެގައުމުގެ އިގުތިސާދު އެކީ އިންދިރާސްވުމަށްފަހު ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބެވެ. އަދި އެ އިންތިހާބަކީ ކުރިއަށް އޮތް ދައުރުގައި ލަަންކާގެ އިގުތިސާދު ބައްޓަންވާނެ ގޮތް ކަނޑައަޅާ މުހިއްމު އިންތިހާބުވެސްމެ އެވެ. ޖުމްލަ 38 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރެއްވި ނަމަަވެސް އިންތިހާބުގެ މައި ވާދަވެރިންނަކީ މިހާރުގެ ރައީސް ވިކްރަމަސިންހެއާއި އިދިކޮޅު ލީޑަރު ސަޖިތް ޕެރަމަދާސާއާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަނުރާ ކުމާރާ ޑިސަނަޔަކަ އަދި ކުރީގެ ރައީސް ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ އެވެ.ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކާ ހަވާލާދީ ރޮއިޓާސް އޭސިޔާ އިން މިއަދު ބުނި ގޮތުގައި އެ އިންތިހާބުގައި މިހާތަނަށް ގުނުނު އެ ތައް މިލިއަން ވޯޓުގެ ގާތްގަނޑަކަށް %53 ހޯއްދެވީ އަނޫރާ އެވެ. ދެވަނައިގައި އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސާ އޮތީ %22ގަ އެވެ. ތިންވަނާގައި އުޅުއްވަނީ ރައީސް ރަނިލް ވިކްރަމަސިންހަ އެވެ.އިއްޔެ ނެގި ވޯޓުގައި އެ ގައުމުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 17 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް %75 މީހުން ވޯޓުލާފައިވާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.ލަންކާގެ ހާރިޖީ ވަޒީރު އަލީ ސަބްރީ އެކްސްގައި މެސެޖްކުރައްވައި ޑިސަނަޔަކެއަށް ވަނީ މަރުހަބާ ދަންނަވާފަ އެވެ. އަދި ރަނިލްއަށް ކެމްޕެއިންކޮށްދެއްވުމުގައި ހުންނެވި ނަމަވެސް، ރައްޔިތުން ވަކި ގޮތެއް ނިންމުމުން އެ ގޮތް ގަބޫލުކުރައްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.އަނޫރާ ކުމާރު ޑިސަނަޔަކެ އަކީ ލަންކާގައި މިހާތަށް މަގުބޫލް ސިޔާސީ ލީޑަރެއް ނޫނެވެ. އޭނާ އަކީ ގާނޫންހަދާ މަޖިލީހުގެ މެމްބަރެއް ނަމަވެސް، އޭނާއާ އެކު މަޖިލީހުގައި އޭނާގެ ޕާޓީ -- ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ތަމްސީލްކުރަައްވަނީ ތިން މެމްބަރުންނެވެ.ރިޕޯޓްތައް ބުނާ ގޮތުން ލަންކާގެ ސިޔާސީ މައިދާނުން ޑިސަނަޔަކެއަށް ކުއްލި މަޝްހޫރުކަމެއް ލިބިވަޑައިގެންފައި މިވަނީ އާންމުންގެ ޝުއޫރުތަކާ އޭނާ ކުޅުއްވާލެއް މޮޅުކަމުންނެވެ. ލަންކާގެ އިގުތިސާދަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ ކޮރަޕްޝަން ކަމަށް ޑިސަނަޔަކެ ވިދާޅުވި އެވެ. ނިކަމެތި މީހާއަށް ވަޒީފާއެއް ނުދެވިގެން އުޅެނީ މަޝްހޫރުކަން ހޯދަން ވެރިން މަސައްކަތްކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.މިއީ 2022 ވަނަ އަހަރު ސްރީލަންކާގެ އިގްތިސާދު ވަޅުޖަހައި، ތެލާއި ބޭހާއި ކައްކާ ގޭސް ފަދަ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް ފައިސާ ދެއްކުމަށް ދަތިވުމަށް ފަހު ބޭއްވި ފުރަތަމަ އިންތިހާބެވެ.އެ އިގުތިސާދީ ކާރިސާގައި ރައްޔިތުން ނުކުމެ، އޭރު އޮތް ގޯޓާބަޔަ ރާޖަޕަކްސަގެ ސަރުކާ ދެކޮޅަށް މުޒާހަރާކޮށް އޭނާގެ ރަސްމީގެ ގެކޮޅަށް ވަދެ ގަނެ، ރައްޔިތުން ކެކި އުތުރި އެރުމުން ގޯޓާބަޔަފިއްލަވައި، ފަހުން އިސްތިއުފާ ދެެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ