ގޮނޑުދޮޮށް ހިމާޔަތްކުރުމާއި، ރަށް ހިއްކުމާއި ބަނދަރު ހެދުން ފަދަ މަސައްކަތްތައް ކުރިއަށްނުދިއުމުގައި ބޮޑުހިލަ ނުލިބުމުގެ މައްސަލަ ބޮޑުކަން ފާހަގަކުރައްވައި ބަލްކުކޮށް ބޮޑުހިލަ ހޯދުމަށް ނިންމާފައިވާކަން ރައީސް އިއުލާނުކުރެއްވި
އަތޮޅު ތެރޭގައި ފަށާފައިވާ ރަށްރަށުގެ ބަނދަރު ހެދުމާއި ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ނުހިނގައި މަޑުޖެހުމަށް މެދުވެރިވި އެންމެ މުހިއްމު އެއް ސަބަބަކީ ބޮޑުހިލަ ނުލިބުންކަމަށްވާތީ އެ މައްސަލަ ހައްލުކުރުމަށް ބަލްކުކޮށް ބޮޑުހިލަ ގެނައުމަށް ސަރުކާރުން ނިންމައިފި އެވެ.
ހުވަދު އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ޒިޔާރަތުގެ ތެރެއިން ގދ.ރަތަފަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު މަޑުޖެހިފައި އޮތީ މަސައްކަތަށް ބޭނުންވާ ތަކެތި ނުލިބުމާއި ފައިސާގެ ދަތިކަމާހުރެ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވީ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް އެތައް ރަށެއްގައި ފެށި މަޝްރޫއުތައް މަޑުޖެހިފައިވާ މައިގަނޑު ސަބަބަކީ ތަކެތި ހަމަނުވުން ކަމަށެވެ. އެގޮތުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ ބޮޑުހިލަ ނުލިބުމުގެ މައްސަލަކަން ރައީސް ފާހަގަކުރެއްވި އެވެ.
އަދި އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ފާއިތުވި ހަފުތާ ތެރޭގައި ކަމާ ގުޅުންހުރި ދައުލަތުގެ ކުންފުނިތަކާއި، ފިނޭންސް މިނިސްޓަރާއި، ކޮންސްޓްރަކްޝަން މިނިސްޓަރާއެކު ބޭއްވެވި ބައްދަލުވުމެއްގައި މިފަދައިން މަޑުޖެހިފައި ހުރި މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެނެވޭނެ ގޮތްތަކެއް ރާއްވަވާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިބަލަނީ މިގޮތަށް ހުއްޓިފައި ހުރި ރަށްތަކަށް ބޭނުންވާ ތަކެތި ހަމަކުރަން. އެންމެ ގިނަ ރަށްތަކެއްގައި މަސައްކަތް ހުއްޓިފައި ހުރި ސަބަބަކީ ބޮޑުހިލަ ނުލިބުން. މިދިޔަ ހަފުތާތެރޭގައި އަޅުގަނޑު މިކަމާ ބެހޭ ހުރިހާ ކުންފުނިތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓަރާއި ކޮންސްޓްރަކްޝަން މިނިސްޓަރާ ބައްދަލުކޮށް ރާާވައިފިން ގޮތްތަކެއް ހުރިހާ ރަށަކަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެންނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބޮޑުހިލަ ނެތިގެން ރަށްރަށުގައި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އިތުރަށް، ބަނދަރު ހެދުމާއި ބިން ހިއްކުން ފަދަ މަޝްރޫއުތަކަށް ހުރަސްއެޅި މަޑުޖެހިފައިވެ އެވެ. އެހެންކަމުން އެ މައްސަލަތައް ހައްލުކުރާނެ ގޮތްތަކެއް ސަރުކާރުން މިހާރު ތަރުތީބުކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރަށް ރައީސްވަނީ ރަތަފަންދޫގައި ހިންގެވުމަށް ނިންމަވާފައިވާ ބައެއް މަޝްރޫއުތައް އިއުލާނުކުރައްވާފަ އެވެ. އެގޮތުން އެ ރަށުގައި ހިންގަން ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި:
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ބޮޑުހިލަ ނުލިބުމުގެ މައްސަލައަށް ހައްލެއް؛ ބަލްކުކޮށް ބޮޑުހިލަ ގެންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ