ކުރިއަށް އޮތް ތިން ދުވަހު ބައެއް ސަރަހައްދުތަކަށް މޫސުން ގޯސް ވާނެ

މެދުރާއްޖެ ތެރެއަށާއި، ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓުން ބުނީ އައްޑޫ ސިޓީއަށް އަންނަ މަހު ދެ ވަނަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖޭގެ ދެކުނަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެ ކަމުގައި ބެލެވުނު ނަމަވެސް ބޮޑަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެނީ މެދު ރާއްޖެ ތެރެއަށާއި އުތުރުގެ އަތޮޅުތަކަށް ކަމަށް މެޓުން މައުލޫމާތުދެއެވެ.
އަދި އަންނަ ޖެނުއަރީ 1 ގެ ފަހުން 15 ވަރަކަށް މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައި ވެއެވެ. ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އިދާރާ އިން ވަނީ ލަފާކޮށްފައެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައިގައި ބައެއް ރަށްތަކުގައި ފެންބޮޑުވެ، އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ