ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ހުސްވާ މެންބަރުކަމުގެ މަގާމަށް ކުރީގެ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަން ކުރަން މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ވީ ކިހިނެއް؟ - އެޗްއާރުސީއެމްގެ މެންބަރެއްގެ މަގާމު ހުސްވަނީ އެ ކޮމިޝަންގެ މެންބަރު މަރިޔަމް މުނާގެ ފަސް އަހަރުގެ ދައުރުގެ މުއްދަތު މާދަމައަށް ހަމަވާތީ އެވެ.
އެހެންވެ އެ މަގާމަށް ރަމީލާ އައްޔަން ކުރަން ރައިސް މުއިއްޒު މަޖިލީހަށް ފޮނުއްވީ، މިދިޔަ މަހު ކުރީ ކޮޅު އެވެ.
ތަފްސީލު - ރަމީލާގެ ނަން ދިރާސާ ކުރި މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީން ނިންމާފައި އޮތީ އޭނާ އެ މަގާމަށް އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން ރަމީލާ އެ މަގަމާަށް އައްޔަން ކުރަން ރުހުން ލިބުނީ، 63 މެންބަރުންގެ ވޯޓުން އެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރަމީލާއަކީ މި ސަރުކާރުގެ ކެބިނެޓް އެކުލަވާލިއިރު، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ މެންޑޭޓް ހަވާލު ކުރި ވަޒީރެވެ. ސިއްހީ ހާލަތު ހުރި ގޮތުން މިނިސްޓަރު ކަމުން އޭނާ އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރުގަ އެވެ.
ކުރީގެ މިނިސްޓަރު ރަމީލާ އެޗުއާރުސީއެމްއަށް އައްޔަން ކުރަން ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ