ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑިދާނެ

ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ އިންޖީނުގެއަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާކަމަށެވެ. އަދި ހުޅުމާލެއާއި، މާލޭގެ އެކި ސަރަހައްދުތަކުން ކުރިއަށްއޮތް ބައިގަޑިއިރު ތެރޭ ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ