މައުމޫން ހޮސްޕިޓަލުން ދޫކޮށްލައިފި

ލޭގެ ޕްރެޝަރު ދަށްވެގެން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދިނުމަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އައިޖީއެމްއެޗުން ދޫކޮށްލައިފި އެވެ.
ލޭގެ ޕްރެޝަރު ދަށްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި ނަމަވެސް އެމަނިކުފާނު ވަނީ ހާލު ރަނގަޅުކަމަށް ވެސް ހެނދުނު ވިދާޅުވެފަ އެވެ. އަދި ޓެސްޓްތަކެއް ވެސް ހަދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ހޮސްޕިޓަލުން ޓެސްޓްތަކެއް ހެދުމަށް ފަހު، އެމަނިކުފާނު ގެއަށް ދޫކޮށްލާފައި ވަނީ އެއްވެސް މައްސަލައެއް ނެތުމުން ކަމަށް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެ އެވެ.
ރައީސް މައުމޫންގެ ޓްވީޓުގައި ވަނީ އެމަނިކުފާނަށް ފުރިހަމަ ސިއްހަތަކަށް އެދި ދުއާ ކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ނަރުހުންނާއި ޑޮކްޓަރުންގެ ފަރާތުން ދިން ހިދުމަތަށް ވެސް އެ މަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ