ލިވަޕޫލްގެ ފޯވަޑް ޑިއޮގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މިއަދު މަރުވެއްޖެ އެވެ.
ސްޕެއިންގައި މި އެކްސިޑެންޓް ހިނގީ، މީޑިއާތަކުން ބުނާ ގޮތުގައި، އެހެން ކާރަކަށް ވުރެ ކުރިއަރަން އުޅުމުގެ ތެރޭގައި ޖޮޓާގެ ކާރުގެ ޓަޔަރު ފެޅިގެންނެވެ.
ޖޮޓާގެ ބޭބެ އަންޑްރޭ ސިލްވާ ވެސް ވަނީ މި ހާދިސާގައި މަރުވެފަ އެވެ.
ޕޯޗުގަލްގެ ގައުމީ ޓީމުގެ ވެސް ތަރިއެއް ކަމަށްވާ 28 އަހަރުގެ ޖޮޓާއަކީ ލިވަޕޫލުން މިދިއަ ސީޒަންގެ ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ހޯދި އިރު މުހިންމު ބައިވެރިއެކެވެ.
ޖޮޓާގެ ލޯބިވެރޔާ ރުޓޭ ޗާޑޮސޯއާ ކައިވެނިކުރިތާ ވެސް އަދި ވަނީ ދެ ހަފުތާ އެވެ. ދެ މީހުންގެ ގުޅުމަށް ތިން ކުދިން ލިބިފައިވެ އެވެ.
ސްޕެއިންގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި އަގުބޮޑު ލަމްބާގިނި ކާރުގެ ޓަޔަރު ގޮވުމާ އެކު ކާރުގައި ވެސް ރޯވި އެވެ.
ލިވަޕޫލްގެ ޑިއޮގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ