މާލެ ސިޓީ ކައުންސިލުން "ސާފު ނަލަ މާލެ" ކެމްޕެއިން ރޭ ލޯންޗުކޮށްފި އެވެ.
އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކެމްޕެއިނު ލޯންޗުކުރީ މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް އެވެ. އެ ރަސްމިއްޔާތުގައި ސާފު ނަލަ މާލެ ކެމްޕެއިންގެ އެމްބެސެޑަރު "ޓޫ އޮފް އަސް" ގެ ހުށަހެޅުންތަކެއް ވެސް ފެނިގެންދިޔަ އެވެ.
ސާފު ނަލަ މާލެ ކެމްޕެއިނާ ގުޅުވައި ޓޫ އޮފް އަސް ބޭންޑުގައި ހިމެނޭ މީހުން ފެނިގެންދާ ހޭލުންތެރިކުރުމުގެ ވީޑިއޯއެއް ވެސް ރޭ ވަނީ ރިލީޒްކޮށްފަ އެވެ. އެ ވީޑިއޯގައި ކުނި އެޅުމަކީ މުޑުދާރު ކަމެއް ގޮތުގައި ސިފަކޮށްފައިވެ އެވެ.
ސާފު ނަލަ މާލެ ކެމްޕެއިން ލޯންޗުކުރި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެންމެން ވެސް ސާފުތާހިރު ބަޔަކަށްވެ، މުޑުދާރު ބަޔަކަށް ނުވާން އަޒުމު ކަނޑައަޅަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ބޭނުންވަނީ ތިޔަ ހުރިހާ އެންމެންގެ އެއްބާރުލުން. ހުރިހާ އެންމެން ވެސް ސާފުތާހިރު މީހުންނަށް ވެގެން އުޅުން. މުޑުދާރު ބަޔަކަށް ނުވުން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ކިތަންމެ އަވިދިނަސް އަދި ވާރޭ ވެހުނަސް މާލެ ސިޓީ ރީއްޗަށް ބޭއްވުމަށް ސިޓީ ކައުންސިލްގެ މުވައްޒަފުން ވަރަށް ބުރަ މަސައްކަތެއް ކުރާ ކަމަށެވެ. އެގޮތުން ކައުންސިލުގެ މުވައްޒަފުން ފަތިހުފަތިހާ ތެދުވެ އެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަން ތިހުރިހާ އެންމެންވެސް މަގުމައްޗަށް ކުނި ނާޅާކަމަށްވަންޏާމުން މާލެ ސިޓީގެ މުވައްޒަފުން ކުރަން ޖެހޭ މަސައްކަތް ވަރަށް ލުއިވާނެ. ހަމައެކަނި ގަހުން ވެއްޓޭ ފަތްކޮޅު ނަގަން އޮންނާނީ. އާންމު މީހުން އަޅާ އެއްޗެހި ނަގާކަށް ނޯންނާނެ،" އާޒިމް ވިދާޅުވި އެވެ.
މީގެއިތުރުން އާޒިމް ވިދާޅުވީ މިދިޔަ ދޮޅު އަހަރު ތެރޭގައި އެކަނި ވެސް މާލެއިން ކުނި އުކާލުމަށް ކައުންސިލުން ގާތްގަނޑަކަށް 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ސާފު ނަލަ މާލެ ކެމްޕެއިން ލޯންޗުކޮށްފި މާލެ ސިޓީ ކައުންސިލުން ސާފު ނަލަ މާލެ ކެމްޕެއިން ލޯންޗުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ