37 ވަނަ ޤުރުޢާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓަރ ވުމުގެ ފުރުސަތު ފުރުސަތު އިސްލާމީ ކަންތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ސެޕްޓެންބަރ މަހު 18 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޤައުމީ ޤުރުޢާން މުބާރާތުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާކަމަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމަށް ދީފައިވަނީ އަންނަ އޮގަސްޓްމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. 
މި މުބާރާތަކީ ދިވެހިންގެ ތެރޭގައި ކީރިތި ޤުރުއާން އަށް ދެވޭ އަހައްމިއްޔަތު އިތުރު ކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ. އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ އަހަރުން ފެށިގެން މުބާރާތަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ބައިވެރިންނަށް ރަނގަޅު އިނާމުތަކެއް ލިބޭނެ މުބާރާތަކަށް ވަނީ ހަދާފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މުބާރާތަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން https://one.gov.mv/entities/CHQ ލިންކުންވެސް ރަޖިސްޓްރީ ކުރެވޭނޭކަމަށެވެ. މިދިޔަ އަހަރު ބޭއްވި 36 ވަނަ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި 1029 ބައިވެރިން ވާދަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ