އަބްދުﷲ ޝާހިދު ޔޫކޭގައި ކުރިއަށް ގެން ދިޔަ ބައްދަލުވުން ތަކެއްގައި އަލީ ވަހީދު ބައިވެރި ކޮށްގެން ސޯޝަލް މީޑިޔާގައި ފާޑު ކިޔުން އަމާޒު ވެއްޖެއެވެ. މި ފާޑު ކިޔުން އަމާޒު ވެފައި ވަނީ، އަލީ ވަހީދު އާއި މެދު ކުރެވުނު ރޭޕްގެ ތުހުމަތު ތަކުގެ ސަބަބުންނެވެ. މި ރޭޕުގެ މައްސަލަތައް އިދާރާތަކުން ބަލައި ނިންމާފައި ވީނަމަވެސް، އަލީ ވަހީދު އާއި ދެކޮޅަށް ދީފައިވާ ބަޔާންތައް ސޯޝަލް މީޑިޔާގައި ލީކުވެ، މި މައްސަލަ އިތުރަށް ވަނީ މަޖިލީސް އިންތިހާބުގެ ކެމްޕެއިން ތެރޭ ހޫނުވެފައެވެ. 
އަބްދުﷲ ޝާހިދު އާއި، އަދި އެމްޑީޕީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ވަނީ އަލީ ވަހީދު ފެންނަ ހުރި ވީޑިޔޯއެއް ޕޯސްޓް ކޮށްފައެވެ. މި ވީޑިޔޯއިން ފެންނަނީ އިނގިރޭސި ވިލާތުގެ ވެސްޓްމިނިސްޓަރ ޕެލަސް އަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ޒިޔާރަތް ކުރައްވާ އެގައުމުގެ ޕާލިމެންޓުގެ މެމްބަރުންނާއި ބައްދަލު ކުރައްވާ ރަސްމިއްޔާތު ތަކުގައި އަލީ ވަހީދު ހުންނަވާ ތަނެވެ. 
އަލީ ވަހީދަކީ މިވަގުތު އެމްޑީޕީގެ އެއްވެސް މަގާމެއްގައި ހުންނެވި ފަރާތެއް ނޫނެވެ. އަދި ކުރެވިފައިވާ ތުހުމުތު ތަކާއި ގުޅިގެން ފާޑު ކިޔުން އަމާޒު ވަމުންދާ ފަރާތެކެވެ. 
“އަޅުގަނޑު މެންނަން މި ފެންނަނީ ރެޕިސްޓުންނަށް ހިމާޔަތް ދޭތަން އަދި އިޚްތިރާމް ދޭތަން” އިނގިރޭސިން ހަސަން ކުރުސީ ކޮށްފައިވާ ޓްވީޓެއްގައި ވެއެވެ.
    
    އަބްދުﷲ ޝާހިދު ޔޫކޭގައި ކުރިއަށް ގެން ދިޔަ ބައްދަލުވުން ތަކެއްގައި އަލީ ވަހީދު ބައިވެރި ކޮށްގެން ފާޑު ކިޔުން އަމާޒު ވެއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ