ވީޑިއޯ ގޭމް ކުޅޭ ކުދިން ސުކޫލްގައި ހޯދާ ނަތީޖާ ރަނގަޅު

ވީޑިއޯ ގޭމް ކުޅެން ކުދިން ކިތަންމެ ފޯރިއެއް ހުރި ނަމަވެސް އަދި ވީޑިއޯ ގޭމް ކުޅުމަކީ ކުދިން ކުރަން ކިތަންމެ ބޭނުން ކަމެއް ނަމަވެސް ކުދިން ބޭނުންވާ ވަރަށް ވީޑިއޯ ގޭމް ކުޅުމުގެ ފުރުސަތު ގިނަ ބެލެނިވެރިން ނުދެއެވެ. އެއީ އެކުދިންގެ ކިޔެވުމަށް ދޭސަމާލުކަން ކުޑަވެދާނެތީއެވެ.
ނަމަވެސް ބެލެނިވެރިން މިވިސްނުން މިއީ އެހާ ރަނގަޅު ވިސްނުމެއް ނޫންކަން ހާމަވެއްޖެއެވެ. އޮސްޓްރޭލިއާގެ ތަޖުރިބާކާރުން ކުރި ދިރާސާ އަކުން ދައްކާފައި މިވަނީ ވީޑިއޯ ގޭމް ކުޅޭ ކުދިންގެ ތައުމީލީ ނަތީޖާތައް ރަނގަޅު ކަމަށެވެ.
މިދިރާސާ ކޮށްފައި ވަނީ އޮސްޓްރޭލިއާގެ ހައި ސުކޫލްތަކުގައި ކިޔަވަމުންދާ 12000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިކޮށްގެންނެވެ. ދިރާސާ އިން ދެއްކީ ކޮންމެ ދުވަހަކު ގަވައިދުން ވީޑިއޯ ގޭމް ކުޅޭ ކުދިން ހިސާބާއި، ސައިންސް އަދި ރީޑިން ޓެސްޓްގައި ހޯދާ ނަތީޖާ އެހެން ކުދިންނަށް ވުރެ ރަނގަޅު ކަމަށެވެ.
ކޮންމެ ވީޑިއޯ ގޭމް ކުޅޭ ކުދިން ހިސާބުން އެހެން ކުދިންނަށް ވުރެ 15 ޕޮއިންޓް މަތިން އެވްރެޖްކޮށް ނަތީޖާ ނެރެއެވެ. އަދި ސައިންސް ގައި އެވްރެޖްކޮށް 17 ޕޮއިންޓް މަތިން ނަތީޖާ ނެރެއެވެ.
ހާއްސަކޮށް މައްސަލަތައް ހައްލު ކުރަން ދަސްކޮށްދޭ ގޭމްތަކާއި ތަފާތު ޕަޒަލްތައް ފުރިހަމަ ކުރަން ޖެހޭ ގޭމްތައް ކުޅޭ ކުދިންގެ ތައުލީމީ ފެންވަރު ރަނގަޅު ކަމަށް ދިރާސާ އިން ވަނީ ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ