ރެހެންދި ސްކޫލް ވައިފައި ކުރަނީ

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލް ވައިފައި ކުރުމަށް ނިންމައި، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އާންމުކޮށް އިއުލާނުކޮށްފިއެވެ.
ރެހެންދި ސްކޫލުން ކަނޑައަޅާފައި ވަނީ އެ ސްކޫލްގެ ހުރިހާ ރޫމްތަކެއްގެ އިތުރުން ގްރައުންޑްވެސް ވައިފައިކުރުމަށެވެ. އެކަން ހާމަކޮށް، އެ ސްކޫލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ 11:00 އަށް އެ ސްކޫލަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުމަށެވެ.
އެ މަސައްކަތް ކޮށްދިނުމަށް ގަސްތުކުރާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު 11:00 ގައި އެ ސްކޫލަށެވެ.
ހުރިހާ ދަރިވަރުން ސާމިލުކޮށްގެން އުނގަންނައިދިނުމާއި، އެއްވެސް ދަރިވަރަކު ބާކީ ނުކުރުމާއި، ހުރިހާ ސްކޫލްތަކުގައި ޒަމާނީ ވަޞީލަތްތައް ހަމަކުރުމަކީ ރައީސް ޔާމީންގެ ސަރުކާރުން ތައުލީމީދާއިރާއަށް ކަނޑައަޅާފައިވާ ބައެއް ލަނޑުދަނޑިތައް ކަމަށް އެޑިއުކޭޝަނުން މައުލޫމާތު ދެއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ