ވިކްޓްރީގެ ޗެއާމަނަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް

ހުސްވެފައިވާ ވިކްޓްރީގެ ޗެއާމަނަކަށް، ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އިންތިހާބުކޮށްފިއެވެ.
ވިކްޓްރީގެ ޗެއާމަންކަމުގެ މަގާމުގައި މީގެކުރިން ހުންނެވީ، ދާންދޫ ދާއިރާގެ މެންބަރު އަހްމަދު އަސްއަދުއެވެ. ނަމަވެސް ކުއްލިގޮތަކަށް މިއަހަރުގެ ޖުލައިމަހު އެ މަގާމުން އަސްއަދު ވަނީ އިސްތިއުފާ ދީފައެވެ.
ވިކްޓްރީގެ ޗެއާމަންގެ މަގާމާ އަސްއަދު ހަވާލުވީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.
މެމްބަރު މުހައްމަދު އިސްމާއިލް ވިކްޓްރީގެ ޗެއާމަނަކަށް އިންތިހާބުކުރީ، އެ ކްލަބުގެ އާއްމު ޖަލްސާގައެވެ. އެ ޖަލްސާގައި ވަނީ، ވިކްޓްރީގެ ހިންގާ ކޮމެޓީގައި ހުސްވެފައިވާ ދެ މަގާމަކަށްވެސް، މެމްބަރުން އިންތިހާބުކޮށްފައެވެ.
އާދައިގެ ސްކޮޑަކާއެކީ މި ސީޒަނާ ކުރިމަތިލި ވިކްޓްރީ މިފަހަރު ވަނީ، އުރީދޫ ދިވެހި ޕްރިމިއަރ ލީގުން ރެލިގޭޓްވެފައެވެ. ވިކްޓްރީ ވަނީ 2013 ވަނަ އަހަރު ވެސް ރެލިގޭޝަނުގައި ކުޅެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ