އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ރައީސްގެ މަގާމަށް މޫސާ އަދި ނައިބު ރައީސުންގެ މަގާމަށް އަސްލަމާއި އަހުމަދު އަބްދުﷲ އިންތިހާބުކޮށްފި

19:00އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ރައީސްގެ މަގާމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އަދި ނައިބު ރައީސުންގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އިންތިހާބުކޮށްފި އެވ.މީގެ ތެރެއިން މޫސާ މަނިކާއި އަސްލަމް އެ މަގާމުތަކުގައި މިހާތަނަށް ތިއްބަވާފައި ވަނީ ވަގުތީ ގޮތުން ނަމަވެސް މި މަގާމުތަކަށް މި ބޭފުޅުން މިއަދު އިންތިހާބު ކޮށްފައި ވަނީ އެކަމަށްޓަކައި، އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުންގެ މެދުގައި ބޭއްވި އިންތިހާބެއްގަ އެވެ. ރައީސްގެ މަގާމަށް ހަމައެކަނި ކުރިމަތިލެއްވި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އެ މަގާމަށް އިންތިހާބުކޮށްފައި ވަނީ ހާޒިރުވި 24 މެންބަރުންގެ ތެރެއިން 20 މެންބަރުންގެ ތާއީދާ އެކު އެވެ. ނައިބް ރައީސްގެ މަގާމަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ތެރެއިން އެ މަގާމަށް މުހައްމަދު އަސްލަމް އިންތިހާބުވީ 21 މެންބަރުންގެ ތާއީދާ އެކު އެވެ. އަހުމަދު އަބްދުﷲ އިންތިހާބުވެފައި ވަނީ 10 މެންބަރުންގެ ތާއީދާ އެކު އެވެ.ޕާލަމެންޓްރީ ގްރޫޕުގެ އަމީން އާއްމު ކަމުގެ މަގާމަށް ހޮވުނީ، އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރެވެ. އަދި ޕާލަމެންޓްރީ ގުރޫޕްގެ ތިން ވިޕުންގެ ގޮތުގައި ހޮވުނީ، ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒާއި، ހުޅުމީދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ