އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ތިން ފޮއްޓެއްގެ ނަތީޖާ ޝީޓާއި ވޯޓްލާން ޖެހޭ މީހުންގެ އަދަދާއި އެއްވަރަށް ކަރުދާސް އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައި ނުވާތީ ވޯޓްލުން މެދުކަނޑާލުމަށް ފަހު އަލުން ފަށައިފިއެވެ.
އައްޑޫގައި ހުރި އެމްވީޔޫތުގެ ރިޕޯޓަރު ބުނީ ހިތަދޫ މެދު ދާއިރާގައި ހުރި 8 ނަމްބަރ ވޯޓް ފޮއްޓާއި 9 ނަމްބަރ ވޯޓް ފޮށި އަދި 10 ނަމްބަރ ވޯޓް ފޮށީގެ ނަތީޖާ ޝީޓް އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައި ނުވާ ކަމަށެވެ.
އަދި 8 ނަމްބަރ ވޯޓް ފޮއްޓާއި 9 ނަމްބަރ ވޯޓް ފޮއްޓަށް ވޯޓްލާން ހަމަޖެހިފައިވާ މީހުންގެ އަދަދަށް ވޯޓް ކަރުދާސް ވެސް ފޮނުވާފައި ނުވާކަމަށް އެސަރަހައްދުގައި ހުރި އެމްވީޔޫތުގެ ރިޕޯޓަރު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނާއި ހަވާލާދީ މައުލޫމާތުދެއެވެ.
ގަޑިއެއް ހާއިރަށް ވޯޓްލުން މެދުކަނޑާލުމަށް ފަހު އަލުން ވޯޓްލާން ފެށީ ވޯޓް ކަރުދާސް ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި ވޯޓްލުން ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން އެންގުމުންނެވެ.
ހިތަދޫ މެދު ދާއިރާގެ ވޯޓްލުން މެދުކަނޑާލުމަށް ފަހު އަލުން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ