ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމުން އެނިންމުމަށް އަމަލު ކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ކުރި އަމުރަށް ތަބާނުވާނެކަން ޖޭއެސްސީ އިން އިއުލާން ކުރި ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ޚިޔާލުފާޅުކޮށްފިއެވެ.
ސަރުކާރުން އަތޮޅުތެރޭގެ ރަށްތަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކަ ކޯޕަރޭޝަނުން ވަނީ މިއަދު މީސް މީޑިއާގައި ޖޭއެސްސީ އާއި ބެހޭ ޓްވީޓަކަށް ރިޕްލައިކޮށްފައެވެ.
ސުޕްރީމް ކޯޓުންގެ އަމުރަކީ ޖޭއެސްސީގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއަޅާ އަމުރެއް ކަމަށް ނިންމައި، ޖޭއެސްސީގެ ނިންމުން ދެމި އޮންނާނެ ކަމަށް އެކޮމިޝަނުން ފާސްކުރި ޚަބަރަށް ޓްވިޓާގައި ކޮމެންޓް ކުރަމުން ފެނަކައިގެ ރަސްމީ ޓްވިޓާ ހޭންޑަލް އިން ކުރި ޓްވީޓްގައި ބުނީ "ޖޭއެސްސީ އަކީ ކޯޓުތަކުގެ މައްސަލަ ބަލަން ޤާނޫނު އަސާސީ އިން ބަޔާން ކުރާ ކޮމިޝަންތޯ؟" އެވެ.
ފެނަކަ އިން ޖޭއެސްސީ އާއި ބެހޭ ގޮތުން ޓްވީޓް ކުރުމުން ގިނަ ބަޔަކު ވަނީ އެކަން ފާހަގަކޮށް ފާޑުކިޔާފައެވެ. ފާޑުކިޔުން އަމާޒުވުމުން ފެނަކަ އިން މިހާރު ވަނީ އެޓްވީޓް ޑިލީޓް ކޮށްފައެވެ.
ޖޭއެސްސީ އާއި ބެހޭ ގޮތުން ފެނަކަ އިން މިއަދު ޓްވީޓެއް ކުރިއިރު މިއީ ސަރުކާރުގެ ކުންފުންޏަކުން މިފަދަ ޓްވީޓެއް ކުރި ފުރަތަމަ ފަހަރެވެ.
ފެނަކަ އަށް ފާޑުކިޔާ ބައެއް މީހުން މިއަދު ކޮށްފައިވާ ޓްވީޓްތަކުގައި ވަނީ "ސިޔާސީ މަސައްކަތްނުކޮށް" ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރުމަށް ފެނަކައިގެ ވެރިންނަށް ނަސޭހަތްދީފައެވެ.
ޖޭއެސްސީ އާއި ސުޕްރީމް ކޯޓުގެ ކޯޅުމަށް ފެނަކަ އިން "ޚިޔާލުފާޅުކޮށްފި"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ