ކޮވިޑް ކޭސްތައް އިތުރުވާތީ ފިޔަވަޅުތައް ވަރުގަދަ ކުރަން މައުމޫން ގޮވާލައްވައިފި

ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް އިތުރުވާތީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާ އެއީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ރައީސް އޮފީހާއި އެޗްޕީއޭ ޓެގް ކުރައްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވަނީ ވީ އެންމެ އަވަހަކަށް ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމައް ގޮވާލައްވާފައެވެ.
މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުނު ފަހުން ބައެއް ދުވަސް ދުވަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 1236 އަށް އަރާފައެވެ. އަދި މި ޖެނުއަރީ މަހުގެ ތެރޭގައި އެންމެ ގިނަ ކޭސް ފެނިފައި ވަނީ އިއްޔެ އާއި މި މަހުގެ 16 ވަނަ ދުވަހެވެ. އިއްޔެ އެކަނި 108 މީހަކު ޕޮޒިޓިވް ވެފައި ވާ އިރު މި މަހުގެ 16 ވަނަ ދުވަހު 87 މީހަކު ޕޮޒިޓިވް ވިއެވެ.
އިއްޔެ ޕޮޒިޓިވްވި ގިނަ މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ