ދެ ގަޑިއިރަށް ފަހު މާލެ އަށް ކަރަންޓު ދީފި

މާލޭގެ ވަރަށް ބޮޑު ސަރަހައްދަކުން މިރޭ 9:15 ހާއިރުން ފެށިގެން ކަރަންޓު ކެނޑިފައި ވަނިކޮށް، ދިމާވި މައްސަލަ ހައްލުކޮށް މާލެ އަށް ކަރަންޓު ދީފި އެވެ.ކަރަންޓު ކެނޑުނުތާ ބައިގަޑިއެއްހާ އިރު ފަހުން، މާލޭގެ ބައެއް ތަންތަނަށް ކަރަންޓު ލިބެން ފެށި އެެވެ. ނަމަވެސް އެ ތަންތަނުން ވެސް ދެ ވަނަ ފަހަރަށް ކަރަންޓު ކެނޑުނެވެ.ސްޓެލްކޯ އިން ބުނި ގޮތުގައި މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ދިޔައީ އާތު ފޯލްޓަކުންނެވެ. ކަރަންޓު ކެނޑުނުތާ ބައި ގަޑިއިރަށް ވުރެ ބޮޑުވި އިރު ވެސް ގިނަ ސަރަހައްދުތަކަށް ކަރަންޓު ނުލިބެ އެވެ.ސްޓެލްކޯ އިން ބުނި ގޮތުގައި ކަރަންޓު ކެނޑުނީ މާލޭގެ މަގެއްގައި ހުރި ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮއްޓަކަށް ދިމާވި މައްސަލައަކުން ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ