ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ

ސަރުކާރަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބެފުޅެއް ކަމުގައި ކދ އަހުމަދު މަނިކު އަވަހާރަވެއްޖެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކދ އަހުމަދު މަނިކު އަވަހާރަވެފައިވަނީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
ކދ އަހުމަދު މަނިކަކީ ދިވެހި ސަރުކާރުގެ މަތީ މަޤާމަތްކެއް ފުރުއްވާ ސަރުކާރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ބޭފުޅެކެވެ.
އެގޮތުން ފާހަގަ ކޮށްލެވޭ ބައެއް މަޤާމްތަކުގެ ތެރޭގައި ސިފައިންގޭގެ މަތީ މަޤާމްތަކާއި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމާއި ޕަބްލިކް ވޯކްސްގެ ނައިބު ކަމުގެ އިތުރުން ސްޕޯޓްސް ޑިވިޜަންގައި މަސައްކަތް ކުރެއްވިއެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް އިލެކްޝަންގެ މަގާމުވެސް ކދ. އަހްމަދު މަނިކު އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހދ އަތޮޅުގެ މެންްބަރުކަންވެސް ކުރައްވާފައިވާ ކދ އަހުމަދު މަނިކަކީ މޮޅު ފޮޓޯގްރާފަރެއްވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ