ހައިކޯޓުން މިއަދު ކުރި ހުުކުމްގެ ސަބަބުން ގާނޫން އަސާސީއާއި ގާނޫންތައް ނެގެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ހިނގައްޖެކަމަށް ގާސިމް އިބްރާހިމްގެ ގާނޫނީ ޓީމުން ބުނެފިއެވެ.
މާފަންނު ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ގާސިމްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ގާނޫން އަސާސީއާއި ގަވާއިދުތަކަށް ބެލުމެއްނެތި މީހުން ހައްޔަރުކުރަމުންދާދިއުމާއިމެދު ރައްޔިތުން ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ވަނިކޮށް ހައިކޯޓްގެ ހުކުމްގެ ސަބަބުން ވަރަށް ބޮޑު ޔަގީންކަމެއް ރައްޔިތުންނަށް ލިބިގެން ހިނގައްޖެކަމަށެވެ.
މަޖިލީހުގެ މެންބަރެއް ރަހީނުކޮށް އެތަށް ދުވަހެއްވަންދެން ދޫނިދޫގައި ބަންދުކޮށް ގާނޫންތަކާއި ޚިލާފަށް އެތަށްކަމެއް ކުރަމުންދަނިކޮށް އެކަންކަން ހައިކޯޓްގެ އަމުރަކުން ބާތިލްކުރުމަކީ މުޅި ގާނޫނީ ނިޒާމަށްވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މާރިޔާ ވިދާޅުވިއެވެ.
ނޫސްވެރިންގެ މި ބައްދަލްވުމުގައި ގާނޫނީ ވަކީލު އަލްއުސްތާޒާ ހިސާން ހުސައިން ވިދާޅުވީ ހައިކޯޓްގެ ނިންމުމަށް ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަރުހަބާ ކިޔާކަމަށެވެ.
އަދި ހައިކޯޓުން މިއަދު ގާނޫން އަސާސީ ނެގެހެއްޓުމަކީ ދިވެހި ރައްޔިތުން ވަރަށް އުފާކުރާނެކަމެއްކަމަށާ މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއްކަމަށެވެ.
އަދި ގާސިމް ހައްޔަރުކުރުމަށް ނެރުނު އަމުރާއި އެއާއި ގުޅިގެން ކުރެވުނު ހުރިހާ ކަންތައްތަކަކީ ބާތިލް ކަންތައްތަކެއްގެ ގޮތުގައި ހައިކޯޓުން ކަނޑައަޅާފައިވާކަމަށް ހިސާން ވިދާޅުވިއެވެ.
ނަމަވެސް ހިސާން ވަނީ ކުއްލިގޮތަށް މާދަމާ ގާސިމްގެ ޝަރީއަތްތައް ފަށަން ނިންމާފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އަވަސް އަރުވާލައިގެން ޝަރީއަތް ފަށަނީ އަލުން ގާސިމް ހައްޔަރުކުރުމަށްކަމަށް ބެލެވޭކަމަށް ހިސާން ވިދާޅުވިއެވެ.
ނޫސްވެެރިންގެ ބައްދަލްވުމުގައި ގާނޫނީ ވަކީލު އަލްއުސްތާޒު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ ހައިކޯޓްގެ އަމުރުގައި ކްރިމިނަލް ކޯޓުން ގާސިމް ހައްުޔަރުކުރަން ނެރުނު އަމުރަކީ ބާތިލް އެއްޗެއްކަމަށް ކަނޑައެޅުމުގެ އިތުރަށް އެ ބާތިލް އަމުރުގެ މައްޗަށް ތަރުތީބުވެގެން އައި ކޮންމެކަމަކީވެސް ބާތިލްކަމެއްކަމަށް ކަނޑައަޅާފައިވާކަމަށެވެ.
އެެހެންކަމުން ގައިރުގާނޫނީ ހައްޔަރުކުރުމަކުން ކުރެވުނު ތަހުގީގާއި އުފުލުނު ދައުވާވެސް އެފަދަ ވާނެކަމަށް އުސްތާޒު ވަހީދު ވިދާޅުވިއެވެ.
ނޫސްވެރިންގެ މި ބައްދަލްވުމުގައި ގާނޫނީ ވަކީލުން ވިދާޅުވީ ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން ގާސިމްގެ ވަރަށް ގިނަ ހައްގުތަކެއް ގެއްލިފައިވާކަމަށެވެ.
އަދި އެމަނިކުފާނުގެ ވިޔަފާރިއަށްވެސް އެތަށް ބޮޑު ގެއްލުންތަކެއް ވެފައިވާކަމަށެވެ.
މީގެ އިތުރަށް މިފަދަ މައްސަލަތައް ކޯޓްތަކުގައި އަވަހަށް ކުރިއަށް ގެންދެވި އިންސާފުލިބުން އަވަސްކުރެވޭނަމަ ގައިރު ގާނޫނީ ބަންދެއްގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ނުޖެހޭނެކަމަށެވެ.
ގާސިމް ހައްޔަރު ކުރި އިޖްރައާތު ގޯސްއިރު، ދައުވާކުރިއަށް ނުގެންދެވޭނެ: ގާނޫނީ ޓީމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ