ހައިކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ލިބުމުން ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނަން: ސުއޫދު

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ މައްސަލަ ސްޕްރީމް ކޯޓުގައި އިލްތިމާސްކުރުން ލަސްވަނީ ހައިކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ލިބިފައި ނުވާތީ ކަމަށް ނާޒިމްގެ ގާނޫނީ ޓީމުން ބުނެފި އެވެ.
ނާޒިމްގެ ގާނޫނީ ވަކީލް އަދި ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު ވިދާޅުވީ ނާޒިމްގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ހައިކޯޓުން ލިބުނުހާ އަވަހަކަށް މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް ނާޒިމް ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރީ 12 އޭޕްރީލް 2015 ގައެވެ. އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި ނިންމާލުމަށްފަހު ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ