ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިންޑިއާގައި ވެރިކަން ކުރާ ބީޖޭޕީގެ ނެޝަނަލް ޖެނަރަލް ސެކްރެޓަރީ ރާމް މާދަވްއާ ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުވުން ކުރިއަށް ދިޔައީ ސިންގަޕޫރުގައި ހުންނަ ރިޒް ކާލްޓަން ހޮޓަލުގައި މިއަދުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.
ރާމްއާ ބައްދަލުކުރައްވާ ރަނގަޅު ވާހަކަތަކެއް ދެކެވުނު ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިބައްދަލުވުމުގައި ޖޭޕީއާ ޕީޕީއެމްގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނު ކަމަށެވެ.
މިބައްދަލުވުމާ ގުޅޭ ގޮތުން ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާމް މަދާވް ވަނީ ޕީޕީއެމް އިން ބޭނުންވާ ހުރިހާ އެހީތެެރިކަމެއް ވެދެއްވާނެ ކަަމަށް ވިދާޅުވެފައި ކަމަށެވެ.
މަދާވްގެ ވާހަކަފުޅުގައި ބީޖޭޕީއަކީ 110 މިލިއަން މެންބަރުންނާއެކު ދުނިޔޭގައި މެންބަރުން އެންމެ ގިނަ ޕާޓީ ކަން ފާހަގަކުރައްވާ ޕީޕީއެމްގެ މެންބަރުން އިންޑިއާ އަށް ފޮނުވައިގެން ތަމްރީން ޕްރޮގްރާމްތައް ހިންގިދާނެ ކަމަށް ވިދާޅުވި ކަމަށްވެސް ޕީޕީއެމް އިން ވަނީ ބުނެފަ އެވެ.
ރައީސް މައުމޫން އިއްޔެ ވަނީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހައާ ވެސް ބައްދަލުކުރައްވާފަ އެވެ.
ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގެންނެވީ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސް މައުމޫން ބީޖޭޕީގެ ޖެނަރަލް ސެކްރެޓަރީއާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ