ރާއްޖެއިން 103 މީހުން ކޮވިޑް ބައްޔަށް އަލަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، ބުރާސްފަތި ދުވަހު ހަވީރު 6:00 އިން ފެށިގެން ހުކުރު ދުވަހު ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 3،851 ސާމްޕަލް ކަމަށާއި، އޭގެތެރެއިން ޕޮޒިޓިވްވީ 103 ސާމްޕަލް ކަމަށެވެ.
ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން 2،187 ސާމްޕަލް އަކީ ގްރޭޓަރ މާލެ ސަރަހައްދުން ޓެސްޓު ކުރެވުނު ސާމްޕަލްތައް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 35 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 56 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 9 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ.
އަލަށް ޕޮޒިޓިވްވި 103 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 82،578 އަށް އަރާފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 83 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 80،236 އަށް އަރާފައެވެ.
އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 2،102 ގައެވެ. މީގެތެރެއިން 12 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
103 މީހުން އަލަށް ޕޮޒިޓިވް، ބަލިން ފަސޭހަވީ 83 މީހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ