ރާއްޖެއަށް މިއަދު ކުރަމުންދާ ވިއްސާރައިގައި އިތުރަށް މޫސުން ގޯސްވެ، ނ. އަތޮޅުން ދ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހާ މައި އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު މެންދުރު 12:30އާ ހަމައަށް ނެރެފައިވާ އެ ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ބުންޏެވެ.
މެޓް އޮފީހުން މިއަދު ހެނދުނު ވަނީ، ހއ. އަތޮޅުން ލ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފަ އެވެ.
މޫސުން އިތުރަށް ގޯސްވެ، ނ. އަތޮޅުން ދ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ