މާލޭގެ ބޮޑު ސަރަހައްދަކުން މިއަދު ދެވަނަ ފަހަރަށް ކަރަންޓްގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
"ވަގުތު " މައުލޫމާތު ދެއްވަމުން ސްޓެލްކޯ އިން ވިދާޅުވީ ކަރަންޓްގެ ޚިދުމަތް މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން ގިނަ ސަރަހައްދުތަކަށް މިހާރު އަލުން ކަރަންޓް ދީފައިވާ ކަމަށާއި ކަރަންޓް ނުދެވި މިހާރު ހުރި ސަރަހައްދުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސްޓެލްކޯއިން ވިދާޅުވީ މާލޭގެ ބޮޑު ބަޔަކުން ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.
ކަރަންޓްގެ ޚިދުމަތް މެދުކެނޑުނީ ހެންވޭރު މާފަންނު އަދި މަންޗަންގޮޅީގެ ބައެއް ސަރަހައްދުތަކުންނެވެ. މީގެ ތެރެެއިން ހެންވެއިރުގެ ބައެއް ސަރަހައްދުތަކަށް އަދިވެސް ކަރަންޓް ނުލިބެއެވެ.
ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް ކެނޑުނު ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަދު ހެނދުނު 08:45 ހާއިރު ވެސް މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނެވެ. ނަމަވެސް އެސަރަހައްދުތަކަށް ފަހުން ކަރަންޓް ދިނެވެ.
މާލޭގެ ބޮޑު ސަރަހައްދަކުން އަނެއްކާވެސް ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ