ދީނީ ކަންކަން ރަނގަޅު ކުރާނީ އިލްމްްވެރިންގެ އިރުޝާދާއެކު: ޑރ އަހުމަދު ޒާހިރު
އިސްލާމިކް މިނިސްޓްރީގެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ ދީނީ އިލްމުވެރިންގެ ލަފާއާއި އިރުޝާދާއެކު ރާއްޖޭގެ ދީނީ ކަންކަން ރަނގަޅުކުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.ޑރ އަހުމަދު ޒާހިރު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލު ކުރެއްވުމަށް ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.އެގޮތުން ޑރ އަހުމަދު ޒާހިރު ވިދާޅުވީ މިނިސްޓްރީގެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ ދީނީ އިލްމުވެރިންގެ ލަފާއާއި އިރުޝާދާއެކު ރާއްޖޭގެ ދީނީ ކަންކަން ރަނގަޅުކުރުން ކަމަށާއި އިސްލާމިކް މިނިސްޓްރީ އަބަދުވެސް ވާނީ އިލްމްވެރިންނާއެކުގައި ކަމަށެވެ. އަދި އިލްމްވެރިންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެހީތެރިވެދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޢިލްމުވެރިންވަނީ ދީނީ ކަންކަން ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ