ރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑރ.ހުސައިން ފާއިޒް ހަމަޖައްސަވައިފި އެވެ.
ފާއިޒް މި މަގާމަށް އައްޔަން ކުރުމަށް ނިންމަވާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ އެންމެ އިސް ވެރިޔަކީ ސެކްރެޓަރީ ޖެނެރަލްއެވެ.
ކޯޓުގެ އިދާރީ، ކަންތައްތައް ބެލެހެއްޓުމާއި، އެ ކަންތައްތައް ހިނގަމުންދާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތް ވާގޮތުގެމަތިންކަން ކަށަވަރުކުރުމަކީ، ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.
އަދި ސެކްރެޓަރީ ޖެނެރަލް ޒިންމާކުރެވޭ ދާއިރާއާގުޅޭގޮތުން، ސިޔާސަތުތައް އެކުލަވައިލައި މަޝްރޫއުތައް ރޭވުމަށް ބޭނުންވާ މައުލޫމާތު، ފަނޑިޔާރުންގެ މަޖިލީހަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފޯރުކޮށްދިނުމާއި، އެކުލަވައިލެވޭ މަޝްރޫއުތަކާއި ޕްރޮގްރާމްތައް ސީދާ އުއްތަމަ ފަނޑިޔާރާ ފަނޑިޔާރުންގެ މަޖިލީހުގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުމަކީ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރިއެރުމާއި ތަރައްގީއަށް ދުރުރާސްތާ، މެދު އަދި ކުރު ރާސްތާގެ ތަރައްގީގެ މަޝްރޫއުތައް، އަދި ބޭނުންވާ ސްޓްރެޓީޖިކް ޕްލޭން ތަކާއި އެކިއެކި ހަރަކާތްތަކުގެ މަސައްކަތުގެ ތާވަލް އެކުލަވައި ތަންފީޒުކޮށް، ހިންގައި މޮނިޓަރކޮށް ބެލެހެއްޓުމީ ވެސް ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ފާއިޒް އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތުތަކެވެ.
ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑރ. ހުސެއިން ފާއިޒް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ