ހަތް ފަރާތަކަށް ޕްރިމިއާ ލީގުގެ މެޗެއް ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަންއެއް ކޮކާކޯލާއިން ފަށައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއް ހަމަ ލޮލުން ބަލާލުމުގެ ފުރުސަތު ލިބިގެންދާ ވަރަށް ހާއްސަ ޕްރޮމޯޝަންއެއް މިރޭ ކޮކާކޯލާއިން ފަށައިފިއެވެ.
މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮމޯޝަން ލޯންޗުކޮށްދެއްވީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ގޯލް ކީޕަރު އިމްރާން މުހައްމަދާއި ކޮކާކޯލާ ރާއްޖޭގެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރަސާރީއެވެ. އެ ދެބޭފުޅުން ވަނީ މިރޭ ބޭއްވި ހަފްލާގައި ވަރައް ހާއްސަ ފުޓްބޯޅަ މެޗެއްވެސް ކުޅެފައެވެ.
މިރޭ ފެށި މި ޕްރޮމޯޝަން އަކީ މާރޗް މަހުގެ 14 ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮމޯޝަންއެކެވެ.
އެގޮތުން ކޮކާކޯލާގެ ރަން މަތިގަނޑު ޖެހި ފުޅިތަކުގެ މަތިގަނޑު ދަށުގައިވާ ކޯޑު 2626 އަކަށް އެސްއެމްއެސް ކުރުމުން އެެރެއެއްގެ ޕްރޮމޯޝަންގައި ބައިވެރިވެވުނީއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ކޮކާކޯލާގެ 300 އެމްއެލް އާއި 500 އެމްއެލް އަދި 1.250 އެމްއެލްގެ ފުޅީގެ މަތިގަނޑު ދަށުގައިވާ ކޯޑު އެސްއެމްއެސް ކޮށްގެންނެވެެ.
ޕްރޮމޯޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮކާކޯލާގެ ރާއްޖޭގެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރަސާރީ ވިދާޅުވީ ދިވެހިންނާއި ފުޓްބޯޅައާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަށާއި ކޮކާ ކޯލާގެ އަމާޒަކީ ދިވެހިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމުގައެވެ.
"ރާއްޖޭގެ ރައްޔިތުން ފުޓްބޯޅައަށް ހާއްސަ ލޯތްބެއް ކުރޭ. ފުޓްބޯޅަ ބެލުމަށް ހާއްސަ ލޯތްބެއް ކުރޭ. ކޮކާ ކޯލާގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ފުޓްބޯޅައާއި ގުޅުން ހުރި ކަންކަމުގައި އިތުރު ފުރުސަތުތައް ތަނަވަސްކޮށްދިނުނުން" މިލިންދު ވިދާޅުވިއެވެ.
ކޮކާކޯލާގެ މި ޕްރޮމޯޝަންގެ ލަކީ ޑްރޯ ކުރިއަށް ދާނީ ޓީވީއެމްއިން ލައިވްކޮށް ކޮންމެ ރެއެއްގެވެސް 19:50 ގައެވެ. އަދި އެރެެއްގެ ލަކީ ޑްރޯގައި ބައިވެރިވާން ބޭނުން ނަމަ އެރެއެއްގެ އިރުއޮއްސި 16:00 ގެ ކުރިން އެސްއެސްއެމް ކުރަން ޖެހޭއިރު  އެންމެ ފުރަތަމަ ލަކީ ޑްރޯ ކުރިއަށްދާނީ 30 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 10:50 ގައެވެ.
45 ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިޕްރޮމޯޝަންގައި ހަތް ބޭފުޅަކަށް އިތުރު ބޭފުޅަކާއި އެކު އިނގިރޭސި ވިލާތަށް ގޮސް ޕްރިމިއާ ލީގުގެ މެޗެއް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކޮންމެ ރެއަކު ހޮވާ ލަކީޑްރޯގައި ނަސީބުވެރި އެއް ފަރާތަކަށް 43 އިންޗީގެ އެލްއީޑީ ޓީވީއެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ