ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހުއްމާ)ގެ ގޮޑި ނުގެއްލޭކަމަށް މިއަދު ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ޝާހު އާއި މުހުއްމާއަކީ ރައްޔިތުންގެ މަޖިލީހުގެ ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަން ކަމިޝަނުން ނިންމި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ދެ މެމްބަރުންނެވެ. ޝާހު އާއި މުހުއްމާގެ ގޮޑި ނުގެއްލޭކަމަށް ކަނޑައެޅި އިރު މިއަދު ހެނދުނު 10 ޖެހިއިރު ސުޕްރީމް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާގެ ގޮޑި ނުގެއްލޭކަމަށްވެސް ވަނީ ހުކުމްކޮށްފައެވެ.
ގޮޑި ގެއްލުނުކަމަށް އީސީން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން 11 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. އަދި މިހާރު އެކޯޓުގައި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީގެ މައްސަލަ ދަނީ ކުރިއަށެވެ.
މެމްބަރު ޝާހު އަދި މުހުއްމާގެ ގޮޑި ނުގެއްލޭކަމަށް ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ