ރައީސް ވަހީދާއި މައުމޫން ބައްދަލުކުރައްވައިފި

ރައީސް މުހައްމަދު ވަހީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ބައްދަލުކުރައްވައިފި އެވެ. ބައްދަލުވުމަށްފަހު ދެ ބޭފުޅުން ވަކި ވަކިން ކާރުކޮޅުގައި މުލިއާގެ އިން ނުކުމެވަޑައިގަތް ތަން ނޫސްވެރިންނަށް ފެނިފައިވެ އެވެ. މިއަދުގެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު ވަކި އެއްޗެކޭ ވިދާޅެއްނުވެ އެވެ. އަދި އެއީ ކޮން ބޭފުޅަކުގެ އެދިވަޑައިގަތުމަށް ބޭއްވި ބައްދަލުވުމެއް ކަމެއް ވެސް ނޭނގެ އެވެ. ރައީސް ވަހީދު ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވެސް ދާދި ފަހުން މުލިއާގޭގައި ބައްދަލުކުރައްވައިފަ އެވެ. ނަޝީދުގެ އެދިވަޑައިގަތުމަށް ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެއްވީ ނޮވެމްބަރު 11 ގެ ކުރިން އިންތިޚާބެއް ނުބޭއްވިއްޖެ ނަމަ ނަޝީދަށް ވެރިކަން ހަވާލުކުރުމަށް އެމްޑީޕީން ފާސްކޮށްފައިވާ ގަރާރާއި އިންތިޚާބާ ގުޅިގެން އުފެދުނު މައްސަލަތަކާ ގުޅޭ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ