ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި ކޮންމެ ގެއަކަށް ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތް ދޭނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގެ ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި މީހުން އުޅޭ ކޮންމެ ގެއަކަށް ހައި ސްޕީޑްބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތް ދޭނެކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ލ. ގަމުގައި ބޭއްވި އެޕާޓީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އިންޓަނެޓްރ ހިދުމަތް ދިނުމުގެ އިތުރުން މާލެއެކޭ އެއް އަގެއްގައި ކާޑުގެ ބާވަތްތަކުގެ އިތުރުން ކަރަންޓާއި ފެން ވިއްކާނީ މާލެއެކޭ އެއް އަގެއްގައި ކަމަށެވެ.
"އަޅުގަނޑުގެވެރިކަމެއްގައި އެއް އަގެއްގައި ކާޑުގެ ބާވަތްތައް މާލެއެކޭ އެއް އަގެއްގައި ރަށްރަށުން ލިބޭނެ. އެކަން ކުރުމަށްޓަކައ ކުރަންޖެހޭހުރިހާކަމެއް ކުރާނެ. އެކަމަކީ ނުވާވަރުގެ ކަމެއް ނޫން،" ގިނަ އަދަދެއްގެ މީހުން ހާޒިރުވި ޖަލްސާގައި ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ލ. އަތޮޅުގައި އޭނާގެ ވެރިކަމެއްގައި ޓްރާންސިޕްމަންޓް ބަނދަރެއް ހަދާނެކަމަށާއި އެ ބަނދަރުވެގެންދާނީ ބައިނަލް އަގުވާމީ ބަނދަރަކަށެވެ.
ވަރަށް ގިނަ ވައުދުތަކެއް ވެޑައިގެންނެވި އެޖަލްސާގައި ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ބޯފެނާއިނަރުދަމާގެ ހިދުމަތް ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ގާއިމްކޮށްދޭނެކަމަށާއި އެކަން ކުރެވޭނެކަމުގެ ޔަގީންކަން ލިބިވަޑައިގަންނަވާކަމަށެވެ.
ގާސިމް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގަންނަވަން އުޅުއްވާތީ މީހުން ކުރިމަތި ކުރަމުންދާ ސުވާލަށްވެސް ގާސިމް ވަނީ މިރޭ ޖަވާބު ދެއްވާފައެވެ. ގާސިމް ވިދާޅުވީ ރައީސް ކަމަށް ވަޑައިގަންނަވަން އުޅުއްވަނީ ރައްޔިތުންނަށްކޮށް ދެވެން ހުރި ހިދުމަތްތައް ފެނި އެހިދުމަތްތައް ކުރެވެން އޮތީ އެމަގާމާ ހަވާލުވެވަޑައިގެންނެވިގެން ކަމަށެވެ.
"ސާހިބަކުން ހާދިމަކަށް އަންނަން މަސައްކަތް މިކުރަނީ ރައްޔިތުންނަށް ކުރެވެން ހުރި ހިދުމަތްތަކެއް ކޮށްދޭން. އެގޮތަށް އެކަން ބަދަލުކޮށްގެން ކުރެވޭނެ ގިނަ މަސައްކަތްތައް އެބަހުރި. އެހެންވެ އެކަންކަންކޮށްދޭން މިއުޅެނީ،" ގާސިމް ވިދާޅުވިއެވެ.
މިރޭ ބޭއްވި ޖަލްސާގައިގިނަ އަދަދެއްގ ކައުންސިލުން ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށް އެޕާޓީއާ ގުޅިވަޑައިގެންފައެވެ. އަދި އައްޑު އަތޮޅުން 500 މީހުންގެ ފޯމް މިރޭގެ ޖަލްސާގައި ގާސިމާ ހަވާލު ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ