އެމްޑީޕީ އަކީ ރައީސް މައުމޫން އަށް އުނދަގޫކޮށް ޖެއްސުން ކޮށް ހަދާ ޕާޓީއެއް ނޫންކަމަށް އެމަނިކުފާނުގެ ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޕީޕީއެމުގެ ޕްރައިމަރީގައި ވާދަކުރައްވާ ޣައްސާނުގެ ބޮޑު ބޭބޭފުޅު އަބުދުﷲ ޔާމީނަށް ތާއިދު ހޯދުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޣައްސާނު ވިދާޅުވީ އެމްޑީޕީއަކީ ވަކި ސިޔާސަތުތަކެއް ގެންގުޅޭ ބައެއް ކަމަށާއި އެޕާޓީ އަކީ ރައީސް މައުމޫނަށް ދުއްތުރާކޮށް ޖެއްސުން ކުރާ ޕާޓީއެކޭ ނުބުނެވޭނެ ކަމަށެވެ.
އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ފިޔަވައި ވަކި އެހެން މީހަކު ރައީސް މައުމޫން އަށް އިޚްލާސްތެރި ނުވާނެކަމަށާއި ޕީޕީއެމަކީ ދިވެހިރާއްޖޭގެ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ޕީޕީއެމް ގެ މަސްލަހަތު ގުރުބާން ކޮށްލާނެ ޕާޓީއެއް ކަމަށް ވެސް ޣައްސާނު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބު ވިދާޅުވީ ޔާމީނަކީ އިގްތިސާދީ ކަންކަމުގައި ގައުމުގެ ކުރިއެރުމަށް ވަރަށް ބޮޑަށް ވިސްނަވާ ބޭފުޅެއް ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވަމުން ދަނީ ހަމަ ޒުވާނުން ކަމަށާއި ޔާމިނަކީ ޒުވާނުންނަށް ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވާ ބޭފުޅެއްކަމަށް ވެސް އަދީބު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެމްބަރ އަލީ އާރިފް ވިދާޅުވީ ޔާމިން އަކީ ކޮންމެ ކަމެއްގައި ވެސް މީހުންގެ މަޝްވަރާ ހޯދާ ބޭފުޅެއް ކަމަށާއި ގިނަ މީހުންގެ އަގުލަބިއްޔަތު ލިބޭ ގޮތަކަށް ނޫނީ ކަންތައް ނިންމަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ޔާމިން އަކީ ގައުމާ ދޭތެރޭ ވަރަށް ޒިންމާދާރު ބޭފުޅެއް ކަމަށް ވެސް އަލީ އާރިފް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ޔާމިން ވިދާޅުވި ގޮތުގައި ރައީސް މައުމޫންގެ 30 އަހަރުގެ ތެރޭގައި ޔާމީނު އައީ ތަރުބިއްޔަތު ވަމުންނެވެ. އަދި ގައުމުގެ ކުރިމަގަށާއި، ޒުވާނުންގެ ކުރިމަގަށްޓަކައި އޭނާއަށް ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓް ދެއްވުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ޔާމީން ވިދާޅުވިއެވެ.
އެމްޑީޕީ އަކީ ބައްޕަ އަށް ދުއްތުރާ ކުރާ ޕާޓީއެއް ނޫން: ޣައްސާން މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ