ރާއްޖޭގެ ބާޒާރުގައި ހުރި ކަރަންޓު ސާމާނުގެ ޓެކްނިކަލް އެނަލައިސެއް ހަދަނީ

ދިވެހިރާއްޖޭގެ ބާޒާރުގައި ހުރި ކަރަންޓު ސާމާނުގެ ޓެކްނިކަލް އެނަލައިސެއް ހަދަން ނިންމައި އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން އިއުލާނުކޮށްފިއެވެ.
" ދިވެހިރާއްޖޭގައި އެނަރޖީ އެފިޝެންސީ ލޭބަލާއި ސްޓޭންޑަޑްސް ޕްރޮގްރާމް ތައްޔާރުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ބާޒާރުގައި މި ވަގުތު ހުރި އެޕްލަޔަންސްތަކުގެ ޓެކްނިކަލް އެނަލައިސެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ."
"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢަކީ މި މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުގެ ދާއިރާއިން ޖައްވަށް ބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މި ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި އަދި ތިމާވެށްޓާއި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުން ކަމަށެވެ.
މިކަމަށް ހުށަހަޅާ ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 1 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބީލަން ހުށަހެޅުއްވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ