ސްކޫލް ބޮސްގެ ދަރިފުޅާ ކައިވެނިކުރަން ދެކޮޅު ހެދުމުން ކައިވެނިކޮށްގެން އުޅޭ އަންހެން ޓީޗަރަކު އަންދާލައިފި

ސްކޫލް ބޮސްގެ ދަރިފުޅާ ކައިވެނިކުރަން ދެކޮޅު ހެދުމުން ކައިވެނިކޮށްގެން އުޅޭ އަންހެން ޓީޗަރަކު އަންދާލައިފިއެވެ. މިހާދިސާ ހިންގާފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދު ކައިރީ ސަރަހައްދެއްގެ ސްކޫލުގައެވެ.
އުމުރުން 19 އަހަރުގެ މާރިއާ ޞަދަޤަތު އަންދައިލީކަން ސާބިތުވީ މަރުވީ އެމައްސަލަ ތަޙްޤީޤްކުރަން އުފެއްދި ކޮމިޓީގެ ހޯދުންތަކުންނެވެ.
މިކަމާއި ގުޅިގެން 4 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުމަށްފަހު މާރިއާ ފިހުނީ އަމިއްލައަށް މަރުވަން ކުރި މަސައްކަތުން ކަމަށް ވަނީ ކަނޑައަޅައި އެމީހުން ދޫކޮށްލާފައެވެ.
މާރިއާ ހޮސްޕިޓަލަށް ގެންެދެވުނު އިރު ހަށިގަނޑުގެ 85 އިންސައްތް ވަނީ ފިހިފައެވެ. މަރުވީ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. މަރުވުމުގެ ކުރިން މާރިއާ ވަނީ އެކަންކުރި މީހުންގެ ނަންތައް ފުލުހުންނަށް ކިޔައިދީފައެވެ.
ޢާއިލާ އިން ބުނީ ސްކޫލް ބޮސްގެ ދަރިފުޅާއި ކައިވެނި ނުކޮށްގެން އޭނާއަށް އައީ ތަފާތު ގޯނާތައް ކުރަމުން ކަމަށެވެ. ނަމަވެސް މާރިއާ އަކީ ކައިވެނިކޮށްގެން އުޅޭ އަދި ތުއްތު ދަރިފުޅެއްވެސް ލިބިފައިވާ އަންހެނެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ