ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް ކާފަ ވިދާޅުވާ ދަރިކަނބަލަކު މިރޭ ނިޔާވެއްޖެ އެވެ.
މިރޭ 11:45 ހާއިރު ނިޔާވެފައިވަނީ ފާތިމަތު ނަސްމިއްޔާ އިބްރާހިމް ،15، އެވެ. މިއީ ގާސިމްގެ ފުރަތަމަ ކާފަ ދަރިކަނބަލުންނެވެ.
ނަސްމިއްޔާ އަވަހާރަވެފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ގެންދަނިކޮށް ރޭ 11:45 އެހާކަން ހާއިރު އެވެ. އެކަމަނާ އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދެދުވަސް ވެއްޖެ އެވެ.
މި ކުއްޖާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ކަމަށް އާއިލާގެ ފަރާތުން މައުލޫމާތުދީފައިވެ އެވެ.
ގާސިމް އިބްރާހީމުގެ 13 ބޭފުޅުން ތިއްބަވާއިރު ފަސް ކާފަ ދަރިން ވެސް ތިއްބަވައެވެ.
ގާސިމް އަށް ކާފަ ވިދާޅުވާ ދަރިކަނބަލަކު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ